ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ކަޅުތުއްކަލާކޮށީގައި އިމާރާތްކުރާ މި 'އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް' އިމާރާތުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާ އެވެ.

ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްކިއްޔާތު --

ސިފައިންގެ ބޭނުމަށް ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ކަޅުތުއްކަލާކޮށީގައި އިމާރާތްކުރާ މި 'އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް' އިމާރާތުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާ އެވެ.

މި 15 ބުރީގެ އިމާރާތެއް ހެދުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ އެވެ. ޗައިނާ ކުންފުނީގެ ފަރާރުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޯ ވޭދޯން އެވެ. 

ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި، މިއީ ސިފައިންގެ ގާބިލްކަން އިތުރުކޮށް، އޮޕަރޭޝަންތައް ހިންގަން ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށް ހާއްސަކޮށްގެން އަޅާ އެ އިމާރާތެއް ކަމަށެވެ. 

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.