"އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް،" ރައީސް ވިދާޅުވި އެވެ.

ދިވެހި ފަސްގަނޑު މިނިވަންކަންމަތީ ދެމިއޮތުމަށް ސިފައިން ކުރި ޖިހާދަކީ އެކަމުން އިބުރަތް ލިބިގަންނަން ޖެހޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް،" ރައީސް ވިދާޅުވި އެވެ.
މި ޕޯސްޓުގައި ރައީސް ވަނީ ނަސްރުގެ ދުވަހާ ގުޅިގެން ހަދާފައިވާ "ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ" އެ ލަވައިގެ ތަންކޮޅެއް ވެސް ހިއްސާކުރައްވާފަ އެވެ.
"މި ލޮބުވެތި ގައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްތާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި. އާމީން." ރައީސްގެ މެސެޖު ނިންމަވާލައްވަމުން ލިޔުއްވާފައިވެ އެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި މިއަދު ހެނދުނު ބޭއްވި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފަ އެވެ.
މި އަހަރުގެ ނަސްރުގެ ދުވަސް ވެސް ފެށީ ބޮޑު ޖަމާއާތުގައި ކުރި ފަތިސްނަމާދުންނެވެ.