މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ރައީސް އޮފީހުން ބުނީ އަލަށް އުފެއްދި ބޯޑަކީ ރައީސްގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، ހެލްތު މިނިސްޓްރީއާ ގުޅިގެން ހިނގަމުންދާނެ ބޯޑެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އައިޖީއެމްއެޗަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން --

"މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި، "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އުފައްދަވައިފި އެވެ. 

މިއީ ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވަނިން ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމަށް، ރައީސް އުފެއްދެވި ބޯޑެކެވެ.

ރައީސް އޮފީހުން ބުނީ އަލަށް އުފެއްދި ބޯޑަކީ ރައީސްގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، ހެލްތު މިނިސްޓްރީއާ ގުޅިގެން ހިނގަމުންދާނެ ބޯޑެއް ކަމަށެވެ.

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ)ގެ ގަވަނިން ބޯޑާއި، އެ ބޯޑުން ބަލަހައްޓާ ތަންތަނުގެ ކަންކަން ވިލަރެސްކުރާނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސް އެވެ.

އެމްޓީއެޗްޖީ ބޯޑަށް އައްޔަނު ކުރި ފަރާތްތައް

  • 1.ޑރ. އަބްދުލްއަޒީޒު ޔޫސުފް - ޗެއާޕާސަން
  • 2.ހުސައިން ހަލީމް - އައިޓީ ދާއިރާގެ ތަޖުރިބާކާރެއް
  • 3.އިބްރާހީމް އަބްދުއްރައްޒާގު ހަލީމް - ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ
  • 4.ޑރ. އިބްރާހީމް ޔާސިރު އަހުމަދު - ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރެއް
  • 5.ނަޔާޒު އަހުމަދު - ޕްރައިމަރީ ހެލްތްކެއާގެ ތަޖުރިބާކާރެއް
  • 6.ޑރ. މަރްޔަމް ޖެނިފާ - ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރެއް
  • 7.ފާތިމަތު އާފިޔާ ވަހީދު - ނާސިން ދާއިރާގެ ތަޖުރިބާކާރެއް
  • 8.މޫސާ ކަލީމް ގާސިމް - ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް
  • 9.މުހައްމަދު މަބްރޫކް - ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ
  • 10.އާލިމް ޝަކީލް - ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް
  • 11.ތަސްލީމާ - ހެލްތު މިނިސްޓްރީގެ މަންދޫބު
  • 12.އާދަމް ބަދުރުﷲ - ފިނޭންސް މިނިސްޓްރީގެ މަންދޫބު
  • 13.ނާޒިމާ އަލީ - ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ
  • 14.އަހުމަދު އަދީލް ނަސީރު - އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ
  • 15.ހުސައިން އާސިފް - އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ
  • 16.އަހުމަދު އަޝްރަފް - ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ
  • 17.އަބްދުލްހަންނާން އަބްދުއްރަހީމް - ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ
  • 18.ފަތުހުﷲ ނަސީމް - ފުވައްމުލަކު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އިސްވެރިޔާ

މި ބޯޑުން ރާއްޖޭގެ 12 ހޮސްޕިޓަލެއް ނުވަތަ ތަނެއް ބަލަހައްޓަމުން ގެންދާނެ އެވެ. އެއީ؛

  •  ދަރުމަވަންތަ ހޮސްޕިޓަލް
  •  އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
  •  ހުޅުމާލެ ހޮސްޕިޓަލް
  •  ވިލިމާލެ ހޮސްޕިޓަލް
  •  މޯލްޑިވިއަން ބްލަޑް ސާވިސަސް
  •  ބްލަޑް ސާވިސަސްގެ ދަށުން ހިނގަމުންދާ ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު
  •  ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
  •  އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
  •  އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  •  ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
  •  ގަން ރީޖަނަލް ހޮސްޕިޓަލް
  •  ފުވައްމުލަކު ހޮސްޕިޓަލު

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.