މޯލްޑިވިއަން އިން ލަގްޒަރީ ދަތުރު ކުރެވޭ ބޯޓެއް ގެނެސްފި

"ނިލާ ކޮރަލްސް އައިލެންޑް" ރިސޯޓްއާ ގުޅިގެން ފެށި މި ހިދުމަތަކީ ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމާއި ޕްރައިވެޓް ދަތުރުފަތުރަށް އަމާޒުކޮށް، ގައުމީ އެއާލައިން މޯލްޑިވިއަން އިން 8 ފަސިންޖަރުންގެ ޖާގައިގެ "ކިންގް އެއާ 360" މަރުކާގެ މަތިންދާބޯޓެއް މިއަދު ރާއްޖެއަށް ތައާރަފުކޮށްފިއެވެ. 

"ނިލާ ކޮރަލްސް އައިލެންޑް" ރިސޯޓްއާ ގުޅިގެން ފެށި މި ހިދުމަތަކީ ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި މި ބޯޓުގެ ދަތުރުތައް ޚާއްސަކޮށްފައިވަނީ ހަމައެކަނި ލަގްޒަރީ އަދި ޕްރައިވެޓް ދަތުރުތަކަށެވެ. އަދި މިއީ ރާއްޖޭގައި ލަގްޒަރީ ޓޫރިޒަމްގެ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި ބޯޓު ރާއްޖެއަށް ތައާރަފު ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ މިއީ އެ ކުންފުނި "އާ އުސްމިނަކަށް" ދަތުރުކުރުން ކަމަށެވެ. އަދި ކިންގް އެއާ 360 އާއެކު އާ ޚިދުމަތެއް ފެށުމުން ކުންފުންޏާމެދު އާ އުންމީދުތަކެއް ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.