ފުލުހުން ދާދި ދެންމެއަކު ނެރުނު ކުރު ބަޔާނެއްގައި ބުނީ ޝާހިދު ހައްޔަރު ކުރީ އުމުރުން 18 އަހަރުން ދަށޫގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިރޭ 9:59 ގައި ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ދާދި ދެންމެއަކު ނެރުނު ކުރު ބަޔާނެއްގައި ބުނީ ޝާހިދު ހައްޔަރު ކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިރޭ 9:59 ގައި ކަމަށެވެ.
ޝާހިދު ހުޅުމާލޭގައި ދިރިއުޅޭ އިމާރާތް ކައިރީ ފުލުހުން ހަރަކާތްތެރިވަމުން ދިޔަ އިރު ޝާހިދު ވަނީ އެކްސްގައި އެކަން ދޮގު ކުރައްވައި ޕޯސްޓެއް ކުރައްވައިފަ އެވެ.
"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް. މިފަދަ ސާބިތު ނުހިފޭ ވާޙަކަ ނުފެތުރުމަށް އެންމެ ބޭފުޅުންގެ އަރިހުން އެދެން." ޝާހިދު ވިދާޅުވި އެވެ.
ނަމަވެސް ޝާހިދު ހައްޔަރު ކޮށްފައި ވަނީ އޭނާ އެހެން ވިދާޅުވިތާ ބައި ގަޑިއިރު ފަހުންނެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ޝާހިދަކީ ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމާފައިވާ އެއް ބޭފުޅެވެ.