ފުލުހަށް އަތުނުވާން ގޮސް ޖެހުނީ ބްރިކޭޑުގަ، އަތުން ފެނުނީ ޑްރަގް

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ ރަންފަސް، އިބްރާހިމް އަޒުލިފް ހުސެއިން، 30، އެވެ. އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މާލޭ ޕޮލިސްގެ ހުރިހާ ފުލުހުން މަގުތަކަށް ނިކުމެ ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި

ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުންދާތީ މަޑުކުރަން އެންގުމުން، މަޑުނުކޮށް ދަނިކޮށް ފުލުހުންގެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ ރަންފަސް، އިބްރާހިމް އަޒުލިފް ހުސެއިން، 30، އެވެ. އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާ ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ހައިވޭގައި ދުއްވާފައި ދާ މަންޒަރު ފުލުހުންނަށް ފެނިގެން މަޑުކުރަން އެންގި އެވެ. އެކަމަކު މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދަނިކޮށް ފުލުހުންގެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވީ އެވެ. އެކްސިޑެންޓުވުމުން އޭނާ ޗެކްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 8 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސްވެފައި ކަމަށް ވެސް އަމުރުގައިވެ އެވެ. އަދި އޭނާގެ އަތުން ފެނުނީ ބޭނުންކުރަން ގެންގުޅުނު މަސްތުވާތަކެތި ކަމަށާއި އެކަމަކު އޭނާ ގެންގުޅުނީ އެންމެ ދެ ރަބަރު ޕެކެޓު ކަމަށް ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.