އެމްޓީޑީސީގެ އާމްދަނީ ސިންދަފާތުކުރުމުގެ އަމާޒަކާއެކު ހުޅުމާލޭގައި އާ އޮފީހެއް

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވީ ކުންފުނީގެ މުސްތަޤުބަލު ފެންނަނީ ވަރަށް އުއްމީދީ ގޮތަކަށް ކަމަށެވެ.

އެމްޓީސީއިން އަލަށް ހުޅުވި އޮފީސް އިމާރާތް ޕީއެސްއެމް ފޮޓޯ

ޓޫރިޒަމް އާމްދަނީ ރައްޔިތުންނާ ހަމައަށް ގެނެސްދޭން އުފައްދާފައިވާ ސަރުކާރު ކުންފުނ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހުޅުމާލޭގައި ތަރައްގީކުރި 10 ބުރީގެ އޮފީސް ހުޅުވައިފި އެވެ. 

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މިއިމާރާތް ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީންއެވެ. ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކު ކުރިމައްޗަށްވާ ގޮތަށް 6،195.27 އަކަފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ މި އިމާރާތުގައި އިދާރީ އޮފީސްތަކުގެ އިތުރުން ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކެފޭއެއް އަދި ބޭސްމަންޓް ޕާކިންގ ވަނީ ޤާއިމުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވީ ކުންފުނީގެ މުސްތަޤުބަލު ފެންނަނީ ވަރަށް އުއްމީދީ ގޮތަކަށް ކަމަށެވެ. އަދި އެހެން ފަރާތަކަށް ބަރޯސާނުވެ، މިހާރު އާމްދަނީ ހޯދަމުންދާ ހަރު މުދާތައް ހިމާޔަތްކޮށް، އާމްދަނީ ލިބޭނެ އިތުރު މަގުތައް ހޯދުމަށްޓަކައި މާލެ ސަރަޙައްދުގައި އިތުރު އޮފީސް އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަން އޭނާ އިޢުލާންކުރެއްވިއެވެ.

"މިކަހަލަ އެހެން ބިނާއެއް މާލެ އޭރިއާގައި ކުރު މުއްދަތެއްގެތެރޭގައި ބިނާކޮށް އެ މުދާ ބޭނުންކޮށްގެން އާމްދަނީ ލިބޭނެގޮތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން،" ހާރިސް ވިދާޅުވިއެވެ. 

މި އިމާރާތުގެ މަސައްކަތް ފެށުމަށް އެޗްޑީސީއާއެކު ބިން ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުއެވެ. އޭގެ ފަހުން، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހުނާން ސިކްސް އިންޖިނިއަރިންގ ކޮމްޕެނީއާ ހަވާލުކޮށްގެން މަސައްކަތް ފަށައި އިމާރާތުގެ ބިންގާ އަޅާފައިވަނީ 17 ޖުލައި 2024 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.