ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ މަޝްރޫއަށް ނަޝީދުގެ "ފުރިހަމަ" ތާއީދު

"މިހާރު އަޅުގަނޑު ވިދާޅުވި ކަމަށް އެއްޗެއް ބުނުއްވާ ކަމަށް ވަނީ ވިއްޔާ އަޅުގަނޑަށް ޖެހޭ އެބަ އެއްޗެއް ދަންނަވަން. އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު. --ފޮޓޯ: މިހާރު

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ ވިސްނުމެއް ކުރިން ނެތް ނަމަވެސް ބައެއް މެންބަރުން އެ މަނިކުފާނުގެ ނަން ފާހަގަކުރެއްވުމުން އެކަމަށް ޖަވާބުދާރީވެވަޑައިގަތީ ކަމަށެވެ. އެގޮތުން، މި ޕްރޮޖެކްޓަށް އެ މަނިކުފާނުގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް ސާފުކޮށް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑު ވިދާޅުވި ކަމަށް އެއްޗެއް ބުނުއްވާ ކަމަށް ވަނީ ވިއްޔާ އަޅުގަނޑަށް ޖެހޭ އެބަ އެއްޗެއް ދަންނަވަން. އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވި އެވެ.
 
އީގަލް ހިލްސްއަށް ރަސްމާލެ 99 އަހަރަށް ކުއްޔަށް ދިނުމާއި، އޭގެ ސަބަބުން ބޭރު ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިވެދާނެ ކަމަށް ބުނެ ބައެއް މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ނަޝީދު ރައްދު ދެއްވި އެވެ. 

އެ މަނިކުފާނު ވިދާޅުވީ، ދިވެހިންނަކީ ވެސް ޒަމާންތަކުގެ ކުރިން ބޭރުން އައިސް ވަޒަންވެރިވެފައިވާ އާބާދީއެއްގެ ދަރިފަސްކޮޅު ކަމަށާއި، ސާބިތު ނުހިފޭ ކަންކަމުގެ މައްޗަށް ބިނާކޮށް މުސްތަގުބަލާ ގުޅޭގޮތުން ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވީ، އެމްޑީޕީން ބޭރު މީހުންނަށް ނަފުރަތު ކުރުމާއި ހަރުކަށި ވަތަނީ ވިސްނުންތައް އިސްކުރަމުންދާ ކަމަށެވެ. އެއީ ޕާޓީ އުފެދިގެން އައި އަސާސްތަކާއި ސިޔާސީ އައިޑެންޓިޓީއާ މުޅިން ހިލާފު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އީގަލް ހިލްސްގެ މަޝްރޫއާ ދެކޮޅަށް ޕާޓީން މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، މި މައުލޫއުގައި ކުރިން ނެރެފައިވާ ޕާޓީގެ ބަޔާނާ އެއްގޮތަށް އަމަލުކުރުމަށް މެންބަރުންނަށް އިލްތިމާސްކުރެއްވި އެވެ.

މި ގަރާރަކީ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު ހުށަހަޅުއްވައި، ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު ތާއީދުކުރެއްވި ގަރާރެކެވެ. ގަރާރުގައި ސަރުކާރަށް ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި، މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެއްބަސްވުން ހާމަކުރުމާއި، މި މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.