ފަސް މީހަކަށް އަނިޔާވި އިރު ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގަ އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ އިރު އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭގައި ހުންނަ "މެރިނޭޓް" ނަމަކަށް ކިޔާ ކެފޭއެއްގަ އެވެ.