ހެލްތު މިނިސްޓްރީން ބުނީ އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ މި ނިންމެވުމަށް، އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި އަމިއްލަ ސިއްހީ މަރުކަޒުތަކުން ހިދުމަތް ހޯދާއިރު 15 ޕަސެންޓްގެ ކޯ-ޕޭމަންޓެއް ނަގާ ގޮތަށް ހަދައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ މި ނިންމެވުމަށް، އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ހިދުމަތް ދޭ ތަންތަނުން ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުންގާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މީގެއިތުރުން، ސަރުކާރުގެ ފެސިލިޓީތަކުން ހިދުމަތް ހޯދާއިރު، މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުން، އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ހާލަތްތަކުގައި ވެސް އެއްވެސް ކޯ-ޕޭމަންޓެއް ނެގުމަކާ ނުލައި ފުރިހަމަ ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް ހެލްތުން ބުނެފައިވެ އެވެ.
އެކަމަކު މިނިސްޓްރީން ބުނީ، އާމްދަނީ ބޮޑު ނަމަވެސް، ގައުމަށް ނުހަނު ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް ކޯ-ޕޭމެންޓް ދެއްކުމުގެ އުސޫލުގެ ދަށުން އިސްތިސްނާ ކޮށްފައިވާ ކަމަށެވެ. އެއީ؛
މީގެ ކުރިން ރައީސް ވިދާޅުވެފައިވަނީ މި ސިޔާސަތަށް ގެންނަ އިސްލާހީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. މިގޮތަށް ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަމަށާއި އިޖުތިމާއީ ތަރައްގީއަށް ހޭދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.