މިއީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބެކެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް ކައުންސިލްތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރު ހޮވުމަށް އިއްޔެ ނެގި ވޯޓުގައި، ދެ ގޮނޑިވެސް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.
މިއީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބެކެވެ.
އިންތިހާބުގައި ވާދަކޮށްފައިވާ ހަތަރު މެންބަރުންނެވެ. އެއީ ރަށު ކައުންސިލްތުގެ ފަރާތުން ފ. ނިލަންދޫ ދާއިރާގެ ކައުންސިލް ރައީސް އަދި ޕީއެންސީގެ މެންބަރު އަލީ އަހުމަދާއި ނ. މަނަދޫ ދާއިރާގެ ކައުންސިލް ރައީސް އަދި އެމްޑީޕީގެ މެންބަރު އަލީ ޡާރިފެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ފަރާތުން ކުރިމަތިލާފައި ވަނީ ލ. ގަމު އަންހެނުންގެ ކޮމިޓީގެ ރައީސް އަދި އެމްޑީޕީގެ މެންބަރު މަރިޔަމް ނީނާ އާއި ށ. ފޮނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސް އަދި ޕީއެންސީގެ މެންބަރު މަރިޔަމް ޒީނާ އެވެ.
އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލްތަކުން އިންތިހާބުކުރާ މެންބަަރުގެ މަގާމު ޕީއެންސީގެ ކެންޑިޑޭޓް، އަލީ އަހުމަދު ކާމިޔާބުކޮށްފައި ވަނީ 314 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަލީ ޡާރިފަށް ލިބިވަޑައިގަތީ 227 ވޯޓެވެ.
އަދި ޑަބްލިއުޑީސީތަކުން އިންތިހާބުކުރާ މެންބަރުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މަރްޔަމް ޒީނާ ކާމިޔާބު ކޮށްފައި ވަނީ 93 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ނީނާއަށް ލިބުނީ 67 ވޯޓެވެ.