ހަނގުރާމައިގެ ތަދު ބޮޑު | ފްލައިޓުގެ އަދަދު 3.6 ޕަސެންޓް މަދު

މިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަކަށް ރާއްޖެއަށް ޖުމްލަ 12,807 ފްލައިޓް މޫވްމެންޓް ހެދިނަމަވެސް މި އަހަރު މި އަދަދު ވަނީ 12,345 އަށް ދަަށްވެފަ އެވެ.

ރާއްޖެއަށް އެންމެފަހުން ފެށި ރާޔާ އެއާލައިން

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ފްލައިޓުގެ އަދަދު މި އަހަރުގެ މިހާތަނަށް ބަލާއިރު 3.6 ޕަސެންޓް މަދު ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަކަށް ރާއްޖެއަށް ޖުމްލަ 12,807 ފްލައިޓް މޫވްމެންޓް ހެދިނަމަވެސް މި އަހަރު މި އަދަދު ވަނީ 12,345 އަށް ދަަށްވެފަ އެވެ. މިއާއެކު ރާއްޖެއަށް އައި ޝެޑިއުލް ފްލައިޓު މޫވްމެންޓް ހުރީ 11,782 ގަ އެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 11,017 އަށް ދަށްވެފަ އެވެ. މިއީ 3.6 ޕަސެންޓުގެ ދަށްވުމެކެވެ. 

މި އަހަރު ފްލައިޓް މޫވްމެންޓް ދަށްވިނަމަވެސް މިދިޔަ އަހަރު ޝެޑިއުލް ފްލައިޓް މޫވްމެންޓަށް ވަނީ 4.4 ޕަސެންޓް އިތުރުވި އެވެ. 

ފްލައިޓް މޫވްމެންޓަށް އައި ބަދަލު

  •  ޖުމްލަ ފްލައިޓް - 12,345
  •  ޝެޑިއުލް ފްލައިޓް - 11,017
  •  ޕްރައިވެޓް ޖެޓް - 1,328

ސަރުކާރުން ވަނީ މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް އިތުރު ހަތް އެއާލައިނަކުން ދަތުރު ފަށާނެ ކަމަށް ބުނެފަ އެވެ. މިގޮތުން ފުރަތަމަ ފަހަރަށް ރަަޝިއާގެ މޮސްކޯ ނޫން އެހެން ސިޓީއަކުން ވަނީ އިއްޔެ ރާއްޖެއަށް ފްލައިޓް ފަށާފަ އެވެ. 

ޓޫރިޒަމް ސިނާއަތުގެ ހިސާބުތަކުން އެނގޭ ގޮތުގައި މި ވަގުތު ރާއްޖެއަށް އަންނަ ފްލައިޓުގެ ކެޕޭސިޓީގެ ތެރެއިން ފުލްކޮށް ހުންނަނީ 70 ޕަސެންޓް ވަރެވެ. މިކަމުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އެވްރެޖު ޑެއިލީ އެރައިވަލް އުޅެނީ 5،000 ގަ އެވެ.

މި އަހަރުގެ މިހާތަނަށް ބަލާއިރު ޖުމްލަ އައިސްފައިވަނީ 1.7 މިލިއަން ޓޫރިސްޓުންނެވެ، މި އަދަދަކީ މިދިޔަ އަހަރު އައި 1,8 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު 3.1 ޕަސެންޓުގެ ދަށްވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.