އެލްޖީއޭ ބޯޑުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އިންތިހާބުގައި ވާދަ ކުރަނީ އެމްޑީޕީގެ ދެ މެންބަރަކާއި ޕީއެންސީގެ ދެ މެންބަރެކެވެ.

އެލްޖީއޭ -- ފޮޓޯ: އެޓޯލް ޓައިމްސް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް ކައުންސިލްތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރު ހޮވުމަށް ވޯޓުލުން ފަށައިފި އެވެ.

މިއީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބެކެވެ.

އިންތިހާބުގައި ކުރިމަތިލާފައި ވަނީ ހަތަރު މެންބަރެކެވެ. އެއީ ފަރާތުން ރަށު ކައުންސިލްތުގެ ފަރާތުން ފ. ނިލަންދޫ ދާއިރާގެ ކައުންސިލް ރައީސް އަދި ޕީއެންސީގެ މެންބަރު އަލީ އަހުމަދާއި ނ. މަނަދޫ ދާއިރާގެ ކައުންސިލް ރައީސް އަދި އެމްޑީޕީގެ މެންބަރު އަލީ ޡާރިފެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ފަރާތުން ކުރިމަތިލާފައި ވަނީ ލ. ގަމު އަންހެނުންގެ ކޮމިޓީގެ ރައީސް އަދި އެމްޑީޕީގެ މެންބަރު މަރިޔަމް ނީނާ އާއި ށ. ފޮނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސް އަދި ޕީއެންސީގެ މެންބަރު މަރިޔަމް ޒީނާ އެވެ.

އެލްޖީއޭ އިން ބުނީ މިއަދު ހެނދުނު 10:00 އިން ފަށާފައިވާ މި އިންތިހާބުގެ ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިޔަށް ދާނެ ކަމަށާއި މާލެ ހިމެނޭހެން 19 ރަށެއްގައި ވަނީ ވޯޓު ފޮށި ބަހައްޓައިފައިވާ ކަމަށެވެ.

އިންތިހާބުގައި 807 ފަރާތަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެއީ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.