އެގޮތުން، ވިލިމާލެ އާއި ގުޅިފަޅުގެ ފަހު ސެގްމެންޓް އިއްޔެ ލޯންޗުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބުރިޖު މަޝްރޫއުގެ މުހިންމު އިތުރު މަރުހަލާއެއް މިހާރު ނިންމައިފައިވާ ކަމަށެވެ. އެގޮތުން، ވިލިމާލެ އާއި ގުޅިފަޅުގެ ފަހު ސެގްމެންޓް އިއްޔެ ލޯންޗުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.
މިނިސްޓަރު ވަނީ، އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި އިންޑިއާ ސަރުކާރުން ދެމުންދާ އެހީތެރިކަމަށް ޝުކުރު ދަންނަވާފަ އެވެ.
ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅިފަޅު ގުޅާލާފައި މިވަނީ، މާލެ އާއި ވިލިމާލެ ގުޅުވާލިތާ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ފަހުންނެވެ. އެގޮތުން އެ ސެގްމެންޓްގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ އޯގަސްޓް މަހު 22 ގަ އެވެ.