އަންނަ އަހަރު ދައްކާ ދަަރަނި ކުޑަ، އެކަމު ޖުމްލަ ދަރަނި މަތި

މި ދަަރަނި ދަރަންޏަށް ދެއްކީ 11,7 ބިލިއަން ރުފިޔާ އެވެ.ނަމަވެސް އަންނަ އަހަރު ދައްކަން ޖެހެނީ 4,4 ބިލިއަން ރުފިޔާ އެވެ. މިހާރު ޖުމްލަ ދަރަނި ހުރީ 157 ބިލިއަން ގަ އެވެ. ނަމަވެސް އަންނަ އަހަރު 161.3 ބިލިއަނަށް އުފުލޭނެ އެވެ.

މި އަހަރުގެ ބަޖެޓު ފޮތް މެންބަރަރު ބަލަނީ -- މަޖިލީސް

މި އަހަރު ބޮޑު ދަރަނި ދެއްކުމުން އަންނަ އަހަރަށް ދައްކަން އޮތް ދަރަނި 62.02 ޕަސެންޓު ކުޑަވިނަމަވެސް، އަންނަ އަހަރުވެސް ރާއްޖޭގެ ޖުމްލަ ދަރަނި އިތުރުވާނެ ކަމަށް ދައްކައިފި އެވެ. 

އަންނަ އަހަރުގެ ބަޖެޓުގެ އަންދާޒާތައް ދައްކާ ގޮތުން މި އަހަރު ނިމޭއިރު ދައުލަތުން ދަަރަނި ދައްކަން 11,7 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. ނަމަވެސް މިވަރުގެ ބޮޑު އަދަދެއް ފަސް ކުރުމުގެ ބަދަލުގައި ދެއްކުން އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި ވަނީ 4,4 ބިލިއަން ރުފިޔާއަށް ކުޑަވެފަ އެވެ. މިއީ 62 ޕަސެންޓުގެ ދަށްވުމެކެވެ. 

މި އަހަރު ދެއްކި ދަރަނީގެ ނަމްބަރުތައް

  •  އިންޑިއާގެ ކަރަންސީ ސްޕޮވް 300 މިލިއަން ޑޮލަރު
  •  ރާއްޖޭގެ ތާރީހުގަ ދައްކަން ޖެހުނު 500 މިލިއަން ޑޮލަރު

އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި ކުޑަވިނަމަވެސް ވާރުތަވަމުން އަންނަ ދަރަންޏާއެކު ޖުމްލަ ދަރަންޏަށް ތިން ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މި އަހަރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރި 157 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު ބަޖެޓުގެ ހަރަދު ހަމަޖައްސަން ސަރުކާރުން އަންނަ އަހަރު ޖުމްލަ ފައިނޭންސިންގެ ގޮތުގައި ހޯދަން ޖެހޭ އަދަދު ދަށްވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެގޮތުން އަންނަ އަހަރު 18.9 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. މި އަދަދަކީ މި އަހަރުގެ ބަޖެޓަށް ފައިނޭންސިން ހޯދަން ހިމެނި 24.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.7 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. 

ފައިނޭންސިން ހޯދާ ހުށަހަޅާ ގޮތްތައް

  • އެތެރޭގެ ފަރާތްތަކުން ހޯދާ ދަރަނި - 11,9 ބިލިއަން ރުފިޔާ
  • ބޭރުގެ ފަރާތްތަކުން ހޯދާ މިންވަރު - 6,9 ބިލިއަން ރުފިޔާ

މައުލޫމާތުތަކުން އެނގޭ ގޮތުގައި އަންނަ އަހަރު ސަރުކާރުން އެތެރެއިން 11.9 ބިލިއަން ރުފިޔާގެ ދަރަނި ނަގަން ވިސްނާފައިވާއިރު، މިއީ މި އަހަރު ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ހަތް ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެތެރެއިން އާއްމުކޮށް ސަރުކާރުން ދަރަނި ނަގަނި ތިން މުއްދަތަކަށް ޓީބިލް ވިއްކައިގެންނެވެ. މި ޓީބިލް ގަންނަނީ ބޭންކްތަކުންނެވެ. އަދި އަންނަ އަހަރު ބޭރުން 6,9 ބިލިއަން ރުފިޔާގެ ދަރަނި ލިބޭނެ ކަމަށް އަންދާޒާ ކުރިއިރު، މިއީ މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި 5.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. 

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ --

މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ މިއަހަރުގެ ނިޔަލަށް ޖުމުލަ 11.7 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި ދަރަނިތައް ދައްކައި ހަލާސްކުރުމުން، މި އަންނަ އަހަރު ސަރުކާރުން ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ މިންވަރުވަނީ ދަށްވާނެ އެވެ. އަދި މިގޮތުން، އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 4.5 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް އަންދާޒާކުރެވެ އެވެ

"މިއީ، މުސްތަޤުބަލުގެ ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކުރުމަށް ސަރުކާރުން އެޅި މުޙިއްމު ފިޔަވަޅެއް. ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ފޮނިމީރު ނަތީޖާއަކަށް ވެގެންދިޔައީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ޤާއިމުކޮށް އަދި ރޭޓިންގް އޭޖެންސީތަކުން ރާއްޖެ އަށް ދީފައިވާ ރޭޓިން މަތިކުރުން. މިއީ މާލީ ގޮތުން މި ޤައުމު ހޯދި މުޙިއްމު ކާމިޔާބެއް،" ޒަރީރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.