ވަރަ އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯޓް

މި ދިޔަ އަހަރު ބޭއްވި "ވަރައެކްސްޕޯ" ގައި ވެސް 1500 ވަޒީފާގެ ފުރުސަތު ދީފައިވެ އެވެ. މި އަހަރުވެސް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭނެ އެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ ހުނަރު ތަރައްޤީކުރުމުގެ މަޤްސަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026" ގެ ޕްލެޓިނަމް ޕާޓްނާ އަދި މެއިން ސްޕޮންސަރެއްގެ ގޮތުގައި ސަން ސިޔާމް ރިސޯޓްސް ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި ސަން ސިޔާމް ރިސޯރޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ގްރޫޕް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒުލައިޚާ މަނިކެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ ލޭބަ އެންޑް ޓެކްނޮލޮޖީ ޑރ. ޢަބްދުﷲ ނަޒީރެވެ.

އަންނަ ނޮވެންބަރު މަހުގެ 26 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވަރަ އެކްސްޕޯ 2026" އަކީ ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިންމު ހަރަކާތެކެވެ. މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާއި، މުހިންމު ހުނަރުތަކުގެ އިތުރުން އުފެއްދުންތެރިކަން ދައްކާލުމަށް ބާއްވާ މިފަދަ އެންމެ ބިޔަ އެކްސްޕޯއެވެ.

މި ދިޔަ އަހަރު ބޭއްވި "ވަރައެކްސްޕޯ" ގައި ވެސް 1500 ވަޒީފާގެ ފުރުސަތު ދީފައިވެ އެވެ. މި އަހަރުވެސް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.