ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް 6.48 ބިލިއަން ރުފިޔާގެ އާމްދަނީ

އެސްޓީއޯގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއިއެކު ތެލުގެ އަގު މި ކުއާޓަރގައި ދަށްވުމެވެ.

އެސްޓީއޯ އެމްޑީ ޝިމާދު މިދިޔަ އަހަރު އެ ކުންފުނީގެ މާލީ ހިސާބުތައް ކިޔައި ދެއްވަނީ -- އެސްޓީއޯ

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 6.48 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯއިން މިއަދު ނެރުނު އެ ކުންފުނީގެ ތިން ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުން މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލައި އިރު 7 ޕަސެންޓްގެ ދަށްވުމެކެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއިއެކު ތެލުގެ އަގު މި ކުއާޓަރުގައި ދަށްވުން ކަމަށް އެސްޓީއޯ އިން ފާހަގަކުރެ އެވެ. 

ތެލުގެ އަގު ދަށްވި ނަމަވެސް، ތެޔޮ ވިކުނު އަދަދު ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު އިތުރުވެފަ އެވެ. އަދި ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެ، މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 738 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ އެސްޓީއޯ އަށް ވަނީ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލައި އިރު 23 ޕަސެންޓްގެ އިތުރުވުމެކެވެ. އެސްޓީއޯ އިން ބުނީ މީގެ މައިގަނޑު ސަބަބަކީ، މެޑިކަލް ސެގްމަންޓްގެ ރިސްޓްރަކްޗާ އާއި ގުޅިގެން ހަރަދު ކުޑަކުރެވުމާއި އަދި އެހެނިހެން ހަރަދުތައް ވެސް ޖުމްލަކޮށް ކުޑަކުރެވިފައިވާތީ ކަމަށެވެ.

ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 352 މިލިއަން ރުފިޔާ ލިބި ފައެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލައި އިރު 5 ޕަސެންޓްގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 281 މިލިއަން ރުފިޔާ ލިބިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.