ބަޖެޓް 27 | ބޮޑު ދަރަނި ދެއްކުމުން އަންނަ އަހަރު ދައްކަން ޖެހޭ ދަަރަނި ކުޑަވެއްޖެ

މިއަހަރުގެ މިހާތަނަށް ދައުލަތުން އިތުރު ދަރަންޏެއް ނުނަގައި 10.4 ބިލިއަން ރުފިޔާ ދައްކާފައިވާއިރު، އަހަރު ނިމޭއިރު ޖުމްލަ 11.7 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު އެސްއެމްއީ އެވޯޑުގައި ވާހަކަ ދައްކަަވަނީ -- ރައީސް އޮފީސް

މި އަހަރު ކުރިމަތިވި އެކި ގޮންޖެހުންތަކުގެ ތެރޭގައި ވެސް 10.4 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާ ކަމަށާއި، އަންނަ އަހަރު ދަރަނި ދެއްކުމަށް 4.5 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ލަފާކޮށްފި އެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، މި އަހަރަކީ ބޮޑު ދަރަނީގެ ބުރައިން ރައްޔިތުން މިންޖުކުރުމަށް ރެކޯޑް އަދަދަކަށް ދައުލަތުން ހަރަދުކުރި ތާރީހީ އަހަރެއް ކަމަށެވެ. 

މިއަހަރުގެ މިހާތަނަށް ދައުލަތުން އިތުރު ދަރަންޏެއް ނުނަގައި 10.4 ބިލިއަން ރުފިޔާ ދައްކާފައިވާއިރު، އަހަރު ނިމޭއިރު ޖުމްލަ 11.7 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"މި ދަރަނިތައް ދައްކައި ހަލާސްކުރުމުން، މި އަންނަ އަހަރު ސަރުކާރުން ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ މިންވަރުވަނީ ދަށްކުރެވިފައި. މިގޮތުން، 2027 ވަނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 4.5 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް އަންދާޒާކުރެވޭ. މިއީ، މުސްތަގުބަލުގެ ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކުރުމަށް ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެއް."

ޒަރީރު ވިދާޅުވީ، ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ގާއިމުކޮށް އަދި ރޭޓިންގް އޭޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިން މަތިކުރުން ކަމަށެވެ.

"މިއީ މާލީ ގޮތުން މި ގައުމު ހޯދި މުހިއްމު ކާމިޔާބެއް،" އޭނާ ވިދާޅުވި އެވެ. 

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅައިފަ އެވެ. މިއީ މިއަހަރަށް ކަނޑައަޅާފައިވާ 64.2 ބިލިއަން ރުފިޔާއަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

ބަޖެޓްގެ ޖުމްލަ އަދަދު މިއަހަރަށް ވުރެ ކުޑަ ނަމަވެސް، ބަޖެޓް ޑެފިސިޓް މިއަހަރަށް ވުރެ 1.9 ބިލިއަން ރުފިޔާ ބޮޑެވެ. އަންނަ އަހަރުގެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގަ އެވެ. މިއަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 7.5 ބިލިއަން ރުފިޔާގަ އެވެ.

އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.