"މިފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު ފުލުހުން ގެންދަނީ އިތުރަށް ބަލަމުން،" ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި ހުންނަ ފިހާރައެއްގެ ލެޑް ސްކްރީނަކުން ބަރަހަނާ ފޮޓޯއެއް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރިކަމުގެ މައުލޫމާތު ރޭ ދަންވަރު 03:23 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"މިފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު ފުލުހުން ގެންދަނީ އިތުރަށް ބަލަމުން،" ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރޭ ދަންވަރުގެ ވަގުތެއްގައި އަންހެނެއްގެ ބަރަހަނާ ފޮޓޯއެއް އަޅުވާފައި ވަނީ 'ސުޕަމާޓް ބައި ސަމަން' ފިހާރައިގަ އެވެ. އެ ފޮޓޯ އަޅުވާފައި ވަނީ ލެޑް ސްކްރީން ހެކުކޮށްގެން ކަމަށް އެނގިފައިވެ އެވެ.