ބަޖެޓު ދުވަސް | އަށް އަހަރުގެ ބަޖެޓު ދަަރަނި އެންމެ ދަށީ މިދިޔަ އަހަރު

މިދިޔަ އަހަރުގެ ބަޖެޓު ނިންމާލީ ސަޕްލިމެންޓްރީ ބަޖެެޓެއް ހުށަނާޅަ އެވެ. އަދި ބަޖެޓުގެ ދަރަނި އެންމެ ދަށް އަހަރުގެ ގޮތުގަ އެވެ.

މިދިޔަ އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓް ފޮތް

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު އެއްކެއް އައުމުގެ ކުރިން ދައުލަތުގެ ބަޖެޓު ހުށަހަޅަން މާލީ ވަޒީރަށް ލާޒިމްވެ އެވެ. ގާނޫނު ބުނަނީ ކުރިއަށް އޮންނަ މާލީ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުންދާ މާލީ އަހަރު ނިމުމުގެ 2 (ދޭއް) މަސްދުވަސް ކުރިން ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. މާލީ އަހަރެއް ފެށެނީ ޖެނުއަރީ 1 ގައި ކަމަށްވާތީ، މީގެ މާނައަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ ނިޔަލަށް ނުވަތަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ބަޖެޓު މަޖިލީހަށް ހުށަހަޅަން ޖެހުމެވެ. އެހެންވެ މި އަދަދަކީ ފިނޭންސް މިނިސްޓަރު މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާ ދުވަހެވެ. އާ ބަޖެޓަކަށް ދާއިރު ސުވާލަކީ މިދިޔަ އަަށް އަހަރުގެ ބަޖެޓުގެ ނަމްބަރު ތަކަށްވީ ކިހިނެއް ހެއްޔެވެ؟ ދަރަނި އެންމެ ދަަށްވީ ކޮން އަހަރަކު ހެއްޔެވެ ؟ ހަރަދު ބޮޑުވެ ބަޖެޓުން ނުފުދިގެން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ ކޮން އަހަރަކު ހެއްޔެވެ؟ 

މިދިޔަ އަށް އަހަރު 2025-2017 އަށް ބަލާއިރު، ގިނަ އަހަރުތަކުގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަން މަޖުބޫރުވި އެވެ. ނަމަވެސް މި ސަގާފަތް 2025 ގައި ނެތެވެ. އަދި މި އަހަރުގެ ބަޖެޓު ނިންމާލީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅަ އެވެ. 
ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، 2017 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ޚަރަދުތަކަށް ވަނީ ތަފާތު އެކި ބަދަލުތައް އައިސްފައެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އިޤުތިސާދަށް ކުރިމަތިވި ހީނަރުކަމާއި، އޭގެ ފަހުން އިޤުތިސާދު އާރާސްތުވެގެން އައި ގޮތް މި މުއްދަތުގެ ތަފާސްހިސާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. ކޮވިޑް-19 ގެ ކުރިން 2018 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ %8.4 އިތުރުވި ނަމަވެސް، ޚަރަދުތައް ވަނީ %9.6 މައްޗަށް ގޮސްފައެވެ. މީގެ ސަބަބުން އެ އަހަރުގެ ބަޖެޓު ޑެފިސިޓް %33.0 އިތުރުވެގެން ދިޔައެވެ. ނަމަވެސް އޭގެ އަނެއް އަހަރު، 2019 ގައި ޚަރަދުތައް ކޮންޓްރޯލް ކުރެވި، އާމްދަނީ %8.5 އިތުރުވުމާއެކު ޑެފިސިޓް ވަނީ %29.7 ދަށްކުރެވިފައެވެ.

ބަޖެޓުގެ އެންމެ ބޮޑު ބަދަލެއް ފެނުނު 2020 ވަނަ އަހަރަކީ ރާއްޖޭގެ މާލީ ތާރީޚުގައިވެސް އެންމެ ދަތި އެއް އަހަރެވެ. ބަލިމަޑުކަމާއެކު ވިޔަފާރިތަކާއި ފަތުރުވެރިކަން ހުއްޓުމަކަށް އައުމުގެ ސަބަބުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ %36.0 ދަށްވެގެން ގޮސްފަ އެވެ. އެހެންނަމަވެސް ސިއްހީ އަދި އެހެނިހެން ކަންކަމަށް ކުރަންޖެހުނު ހޭދަތަކާއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރެވިފައިވަނީ އެންމެ %0.1 އިންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2020 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ ރެކޯޑު މިންވަރަކަށް ނުވަތަ %929.3 މައްޗަށް އުފުލިފަ އެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހުގައި ޖަވާބު ދެއްވަނީ -- މަޖިލިސް

މި ދަށްވުމަށްފަހު 2021 އަދި 2022 ވަނަ އަހަރު އިޤުތިސާދު އަލުން ހިނގައިގަތުމާއެކު އާމްދަނީއަށް ވަނީ ބޮޑެތި ކުރިއެރުން ތަކެއް ލިބިފައެވެ. އެގޮތުން 2021 ގައި %40.0 އަދި 2022 ގައި %36.0 އިން އާމްދަނީ އިތުރުވިއެވެ. މި ދެ އަހަރުވެސް ހަރަދުތައް ވަނީ އެވްރެޖްކޮށް %20 އަށްވުރެ މައްޗަށް ގޮސްފަ އެވެ. އެހެންނަމަވެސް އާމްދަނީ އިތުރުވި މިންވަރު ބޮޑުވުމުން ޑެފިސިޓް ވަނީ ކޮންމެވެސް ވަރަކަށް ކުޑަކުރެވިފަ އެވެ. އަދި 2023 ވަނަ އަހަރު އާމްދަނީ (%17.6) އަށްވުރެ ހަރަދުތައް (%21.3) އިތުރުވުމުގެ ސަބަބުން ޑެފިސިޓް އަނެއްކާވެސް %34.8 އަށް މައްޗަށް ދިޔައެވެ. ނަމަވެސް 2024 ވަނަ އަހަރު އާމްދަނީއާއި ހަރަދު އިތުރުވި މިންވަރު ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓުމާއެކު، ޑެފިސިޓަށް އައީ އެންމެ %0.4 ގެ ކުޑަ ބަދަލެކެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް : ޓޫރިޒަމްއާއެކު އާމްދަނީ ވަނީ އިތުރުވެފަ -- އެމްއޭސީއެލް

މާލީ ގޮތުން ފާއިތުވި އަށް އަހަރުގެ ތެރޭގައި އެންމެ އެދެވޭ އަދި އެންމެ ބޮޑު ކާމިޔާބީއެއް ފެންނަން އޮތީ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކުންނެވެ. މި އަހަރު ދައުލަތުގެ އާމްދަނީ ވަނީ %16.1 އިތުރުވެފައެވެ. އަދި ފާހަގަކޮށްލެވޭ އެންމެ މުހިންމު ނުކުތާއަކީ ހަރަދުތައް %3.6 ކުޑަކުރެވިފައި ވުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2025 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ %67.9 ދަށްކުރެވިފައެވެ.

މިދިޔަ އަހަރަކީ ތާރީހުގައި ވެސް ރެކޯޑް މިންވަރަކަށް ދަރަނި ދެއްކި އަހަރެވެ. މިދިޔަ އަހަރުގެ ބަޖެޓުގައިވަނީ ސަރުކާރުތަކުން ކުރިން ގެންގުޅުނު "އާދައެއް" ދޫކޮށްލާފަ އެވެ. އެއީ ދާއިރާތަކަށް ކުރާނެ ކަމަށް ވައުދުފާ އަދަދުތަކެއް ޖެހުމެވެ. އެ ބަދަލު ނުގެނައިނަމަވެސް މިހާރުވެސް 1200 މަޝްރޫއު މުޅިރާއްޖޭގައި ކުރިއަށް އެބަދެ އެވެ. އެ ބަޖެޓަށްފަހު އާ އަހަރު ބަޖެޓަށް ދާއިރު މިދިޔަ އަށް އަހަރުތެރޭ ބަޖެޓު ޑެފިސިޓް އެންމެ ދަށް އަހަރަކީ މިދިޔަ އަހަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.