އެ އެކްސިޑެންޓުގައި އަނިޔާޥި ފަސް މީހުންނަށް ތުލުސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތުލުސްދޫ ކަނޑުއޮޅީ ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓު ވެފައި ވަނީ މިރޭ 7:55 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާޥި ފަސް މީހުންނަށް ތުލުސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި އެކެއްގެ ފައި ބިނދިފައިވާ ކަމަށެވެ.
އަދި އެކްސިޑެންޓްވި ދެ ލޯންޗަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ. އެގޮތުން އެއް ލޯންޗުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، އެއް ފަޅި ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.