ހަނިމާދޫއިން 300 ގޯތި ދޫކުރުމުގެ އުސޫލު އާންމުކޮށްފި

މި އުސޫލުގެ ދަށުން ހަނިމާދޫއިން ދޫކުރުމަށް ކަނޑައަޅާފައިވަނީ ޖުމްލަ 300 ގޯއްޗެވެ. ދޫކުރާ ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 2000 އަކަފޫޓެވެ.

ހދ. ހަނިމާދޫ --

ހަނިމާދޫ ކައުންސިލުން އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2026 އާންމުކޮށްފި އެވެ. މި އުސޫލުގެ މައިގަނޑު މަޤުސަދަކީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ގޯތި ދޫކުރުމެވެ.

މި އުސޫލުގެ ދަށުން ހަނިމާދޫއިން ދޫކުރުމަށް ކަނޑައަޅާފައިވަނީ ޖުމްލަ 300 ގޯއްޗެވެ. ދޫކުރާ ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 2000 އަކަފޫޓެވެ. ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ވިލަރެސްކޮށް ބަލަހައްޓާނީ ކައުންސިލުން އެކުލަވާލާ 9 މެންބަރުންގެ ވަގުތީ ކޮމެޓީއަކުންނެވެ. 

ގޯއްޗަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތައް

  •  ދިވެހި ރައްޔިތަކު ކަމުގައިވުން
  •  ފޯމު ހުށަހެޅުމަށް ކުރާ އިއުލާނުގެ މުއްދަތު ހަމަވާ ތާރީޚަށް 18 އަހަރު ފުރިފައިވުން
  •  ރާއްޖޭގެ އެއްވެސް ރަށަކުން 1500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް އަމިއްލަ ނަމުގައި ނުވަތަ އަނބިމީހާ/ފިރިމީހާގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.
  •  1500 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތް ނަމަ، ގޯއްޗެއް ލިބިގަތުމުގެ ބޭނުމުގައި އެތަނެއް ދޫކޮށްލަން އެއްބަސްވުން.

 ތަފާސްހިސާބުތަކަށް ބަލާއިރު2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ހދ. ހަނިމާދޫގެ އާބާދީއަކީ ގާތްގަނޑަކަށް 2,500 މީހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.