ކާބޯތަކެތީގެ ހުއްދަ ނެތް ހަތަރު ތަނެއް ބަންދުކޮށްފި

އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފަށް އަދި ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށް ހިންގި މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 26 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ހުއްދަ ނެތި ކާބޯތަކެތި ވިއްކާ ތަނެއް ބަންދުކުރަނީ --

ކާބޯތަކެތި ވިއްކާ ތަންތަން ހިންގަނީ ގާނޫނުގައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަންދުކޮށްފި އެވެ.

އެމްއެފްޑީއޭ އިން ރޭ ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފަށް އަދި ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށް ހިންގި މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 26 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ހުއްދަ ނެތި ހިންގަމުމް ދިޔަ ހަތަރު ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ.

ބަންދުކުރި ތަންތަނުގެ ތަފްސީލު އެ އޮތޯރިޓީން ހާމަކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން، ކާބޯތަކެތި ވިއްކާ ތަންތަން ބަލައިފާސްކުރަން އެމްއެފްޑީއޭއިން ކުރާ މަސައްކަތުގެ ތެރެއިން، ވިޔަފާރީގެ އުސޫލުން ކާބޯތަކެތި އުފައްދާ ގޭގެއަށް ޒިޔާރަތްކޮށް އިންސްޕެކްޓް ކުރުމަށް އެ އޮތޯރިޓީން ވަނީ ނިންމައިފަ އެވެ.

މި އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.