އިންޝުއަރެންސް ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވެ ކުރިއެރުން

އޮގަސްޓް މަހުގެ ނިޔަލަށް މި އަދަދު ވަނީ 4,9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 842 މިލިއަން ރުފިޔާގެ ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސް، -- މިހާރު

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުގެ މާލީ ހާލަތަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް އައިސްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިންޝުއަރެންސް ކޯޕަރޭޝަންތަކުގެ އެސެޓް އަދި ލައިބިލިޓީސް ރިޕޯޓް ދައްކާ މިދިޔަ އަހަރު ނިމުނުއިރު އިންޝުއަރެންސް ސެކްޓާގެ ޖުމްލަ އެސެޓާއި ލައިބިލިޓީސް ހުރީ 4,1 ބިލިއަން ރުފިޔާގައެވެ. ނަމަވެސް، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މި އަދަދު ވަނީ 4,9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 842 މިލިއަން ރުފިޔާގެ ބޮޑު ކުރިއެރުމެކެވެ. މިއަހަރުގެ ތެރޭގައި އެންމެ މައްޗަށް މި އަދަދު ގޮސްފައިވަނީ ޖުލައި މަހުގައެވެ. އެ މަހު ޖުމްލަ އެސެޓް ވަނީ 4,9 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އެސެޓްތަކަށް އައިސްފައިވާ މައިގަނޑު ބަދަލު

ރީއިންޝުއަރެންސް ހިމެނޭގޮތަށް ކުންފުނިތަކުގެ ބޭރުގެ އެސެޓް ވަނީ މި އަހަރުގެ ޑިސެމްބަރުގައި ހުރި 1,1 ބިލިއަން ރުފިޔާއިން މި އހަަރުއޮގަސްޓް މަހުގެ ނިޔަލަށް 1,530.0 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ބޭންކުތަކުގައި ބަހައްޓާފައިވާ ޑިޕޮސިޓް ވަނީ 665.3 މިލިއަން ރުފިޔާއިން 849.0 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ލޯނާއި އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ އަދަދު ވަނީ 741.2 މިލިއަން ރުފިޔާއިން 865.7 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.

ލައިބިލިޓީސްގެ ފަރާތުން ފާހަގަކޮށްލެވޭ ބަދަލުތައް:

އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ "އިންޝުއަރެންސް ޓެކްނިކަލް ރިޒާވްސް" އަށެވެ. 2025 ވަނަ އަހަރު ނިމުނުއިރު މި ރިޒާވްގައި 1,31 ބިލިއަން ރުފިޔާ ހުރިއިރު، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މި އަދަދު ވަނީ 1,73 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ކުންފުނިތަކުގެ ބޭރުގެ ދަރަނި ނުވަތަ ފޮރިން ލައިބިލިޓީސް ވަނީ 931.6 މިލިއަން ރުފިޔާއިން 1,18 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ކުންފުނިތަކުގެ ހިއްސާއާއި އެހެނިހެން އިކުއިޓީ ވަނީ 1,002.5 މިލިއަން ރުފިޔާއިން 1,110.6 މިލިއަން ރުފިޔާއަށް އަރާފައެވެ.

މި ހިސާބުތަކުން ދައްކައިދެނީ މ އަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުގެ މާލީ ފުދުންތެރިކަމާއި ރިޒާވްތައް ވަރަށް ބޮޑަށް އިތުރުވެ، މުޅި ސިނާއަތް ފުޅާވެފައިވާ ކަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.