އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވެފައިވާ ގޮތުގައި ފުރަތަމަ މިއަދުން ފެށިގެން ފަށަނީ އެފްސީއެލް ކްލިއަރެންސް އޮޕަރޭޝަން ދޯނިފަހަރަށެވެ- އެއީ ކޮންޓެއިނާގައި ހުންނަ މުދާ ކަނޑައިގެން ދޯނިތަކަށް ރަށްރަށަށް ގެންދިއުމުގެ މަސައްކަތެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ތިލަފުށި ޕޯޓުން މުދަލާއިއެކު ކޮންޓެއިނާ ދޫކުރުމުގެ ހިދުމަތް މިއަދު ތިލަފުށީގައި ފަށައިފި އެވެ.
މުހިންމު މި ހިދުމަތް ފަށަން ތިލަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވެފައިވާ ގޮތުގައި ފުރަތަމަ މިއަދުން ފެށިގެން ފަށަނީ އެފްސީއެލް ކްލިއަރެންސް އޮޕަރޭޝަން ދޯނިފަހަރަށެވެ- އެއީ ކޮންޓެއިނާގައި ހުންނަ މުދާ ކަނޑައިގެން ދޯނިތަކަށް ރަށްރަށަށް ގެންދިއުމުގެ މަސައްކަތެވެ.
އެމްޕީއެލް ހިންގާ ތިލަފުއްޓަށް ޕޯޓް ބަދަލު ކުރުމުގެ މުޅި މަޝްރޫއު ނިމިގެންދާއިރު، މިހާރު ހުދު ފަސްގަނޑެއްގެ ގޮތުގައި އޮތަސް މައިގަނޑު ތިން ޓާމިނަލްއެއް މި ތަނުން ފެންނަން ހުންނާނެ އެވެ. އެއީ "އިންޓަނޭޝަނަލް ކޮންޓެއިނަރު ޓާމިނަލް" އަކާއި "މަލްޓި-ޕާޕަސް ކާގޯ ޓާމިނަލް" ނުވަތަ އާންމު މުދަލާއި އަވަހަށް ހަލާކުވާ ޒާތުގެ މުދަލަށް ހާއްސަ ތަނެއް އަދި ރާއްޖޭގެ އެތެރޭގެ އުފުލުންތަކަށް ހާއްސަ "ޑޮމެސްޓިކް ކާގޯ ޓާމިނަލް" އެކެވެ.
މި މަޝްރޫއު މިހާރު އިންތިޒާމުވެފައިވަނީ އެކި މަސައްކަތް އެކި ކުންފުނިތަކުން ކުރާ ގޮތަކަށެވެ. މައިގަނޑު މަސައްކަތުގެ މުގުލުގައި ޗައިނާގެ ކުންފުންޏެއް އޮތަސް މަސައްކަތަށް މިހާރު ގޮތް ކިޔަނީ ދިވެހި ދައުލަތުންނެވެ. މި ބަނދަރުގެ ފަސް ހެކްޓަރުން 60 ހެކްޓަރުގެ ތަނަވަސް ޒަމާނީ ބަނދަރަކަށް ބަދަލު ކުރުން ހަލުވިވެފައިވަނީ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލުމުންނެވެ. މި ބަނދަރުގެ އަމާޒަކީ ބޯޓު ފަހަރުގެ "ޓާންއެރައުންޑް" ނުވަތަ ޚިދުމަތްދީ ނިންމާ ވަގުތު މިހާރު ނަގާ 14-7 ދުވަސް ދެ ދުވަހަށްވުރެ ކުރު ކުރުމެވެ.