ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާޙެއް

މި އިސްލާހުގެ ދަށުން، މީރާއިން ކަނޑައަޅާފައިވާ ޢަދަދުގެ ތެރެއިން އިއުތިރާޒުކުރާ ޢަދަދުގެ 100% އެއްކޮށް ދައްކަންޖެހޭނެ ހާއްސަ ޙާލަތްތަކެއް ވަނީ ކަނޑައަޅާފައެވެ.

އިސްލާހު ހުށަހެޅުއްވި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް -- ފޮޓޯ: މަޖިލިސް

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ އިސްތިއުނާފު ކުރާއިރު ކުރިން ދައްކަންޖެހޭ %50 ގެބަދަލުގައި، ބައެއް ޙާލަތްތަކުގައި %25 ދައްކައިގެން މައްސަލަ ހުށަހެޅޭ ގޮތަށާއި އަދި ވަކި ހާއްސަ ޙާލަތްތަކެއްގައި %100 ދައްކަންޖެހޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް މުހިންމު އިސްލާހު ތަކެއް ހުށަހަޅައިފި އެވެ. 

ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ މައިގަނޑު މަގްސްދަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާ ޓެކުހުގެ ޢަދަދާމެދު އިއުތިރާޒުކޮށް، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާއިރު ޢަމަލުކުރަންޖެހޭ އުޞޫލުތަކަށް ބަދަލު ގެނައުމެވެ. 

ޤާނޫނުގެ 44 ވަނަ މާއްދާއަށް ގެނެވުނު މި އިސްލާހުގެ ދަށުން، މީރާއިން ކަނޑައަޅާފައިވާ ޢަދަދުގެ ތެރެއިން އިއުތިރާޒުކުރާ ޢަދަދުގެ 100% އެއްކޮށް ދައްކަންޖެހޭނެ ހާއްސަ ޙާލަތްތަކެއް ވަނީ ކަނޑައަޅާފައެވެ.

މި އިސްލާހުގައިވާ ގޮތުން އިއުތިރާޒުކުރާ އަދަދުގެ 100% ދައްކަންޖެހޭ ޙާލަތްތަކުގެ ތެރޭގައި، އިންކަމް ޓެކްސްގެ ޤާނޫނާއި (ޤާނޫނު ނަންބަރު 25/2019) މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 10/2011) ދަށުން ހިނގާ ބައެއް މުއާމަލާތްތަކާ ގުޅުންހުރި މައްސަލަތައް ހިމެނެ އެވެ. މީގެ އިތުރުން، ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާއިރު ދައްކަންޖެހޭ ފައިސާގެ ޢަދަދު ކަނޑައެޅުމުގައި ޖޫރިމަނާއާއި އިންޓަރެސްޓް ނުހިމެނޭނެކަން މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.