އެ ކުންފުނިން ބުނީ ވެމްކޯގެ އެޗްއާރު ޕޮލިސީގެ އެންމެ އަސާސީ މަޤްޞަދަކީ ރިވެތި އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމެވެ.

ރާއްޖޭގެ ގާނޫނުތަކުން މަނާކޮށްފައިވާ ކުށެއްކޮށްފި މުވައްޒަފެއްގެ މައްޗަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެކަމުގެ ޔަގީންކަން ވެމްކޯއިން ދީފި އެެވެ
ވެމްކޯއިން މިހެން ބުނެފައިވަނީ ގދ. ތިނަދޫގައި ގްރޫޕަކުން ކުޑަކުދިންތަކަކަށް މަސްތުވާތަކެތި ދީގެން ރޭޕް ކުރި މައްސަލައާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފެއްގެ މައްޗަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެންނެވެ.
އެ މައްސަލަ ކުއްވެރިކޮށް ވެމްކޯއިން ނެރުނު ބަޔާނުގައި ބުނީ ތިނަދޫގައި ހިނގި ބަދުއަޚްލާޤީ ޢަމަލު ވެމްކޯއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތިނަދޫ ސިޓީގައި ހިނގި ބަދުއަޚްލާޤީ ޢަމަލެއް އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.
އެ ކުންފުނިން ބުނީ ވެމްކޯގެ އެޗްއާރު ޕޮލިސީގެ އެންމެ އަސާސީ މަޤްޞަދަކީ ރިވެތި އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމެވެ. އަދި އެ ޕޮލިސީ ފަރުމާކުރެވިފައިވަނީ މިފަދަ އަޚްލާޤީ މިންގަނޑުތަކުން ބޭރުވެ ނޭއްގާނީ އެކިއެކި ކުށްތައް ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި، އެ ކަން ތަކުރާރު ނުވާނޭ ފަދަ ގޮތަކަށެވެ.
މިފަދަ ކުށްތައް ކުރާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ. އަދި ތިނަދޫ ސިޓީގައި ހިނގި ބަދުއަޚްލާޤީ ޢަމަލު ކުށްވެރިކުރަމުން، ވެމްކޯއިން އެއްވެސް ހާލެއްގައި މިފަދަ ޢަމަލުތައް ބަލައިނުގަންނާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.