ބާބާ ގަޑިއާގެ ވެރިޔާ އަމީތަށް ހާޓްއެޓޭކް ޖެހިގެން ފަރުވާދެނީ

މިރާއަށް އެނގިފައިވާ ގޮތުގައި އަމީތު ބަލިވެފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އެހެންވެ އަމީތު މިހާރު ވަނީ މާލެ ގެނެސް ފަރުވާ ދެމުންނެވެ.

ރާއްޖެއަށް މަޝްހޫރުވި ސްޓްރީޓް ފުޑްގެ ހުނަރުވެރިޔާ ހަސަން އަތީގު (ބާބާ) -- ތީރު ފޮޓޯ

ރާއްޖެއަށް މަޝްހޫރުވި ސްޓްރީޓް ފުޑްގެ ހުނަރުވެރިޔާ ހަސަން އަތީގު (ބާބާ) އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާދޭން މާލެ ގެނެސްފި އެވެ. 

މިރާއަށް އެނގިފައިވާ ގޮތުގައި އަމީތު ބަލިވެފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އެހެންވެ އަމީތު މިހާރު ވަނީ މާލެ ގެނެސް ފަރުވާ ދެމުންނެވެ. 

ޏ. ފުވައްމުލަކުގައި އުފަންކުރި މަޝްހޫރު ކާބޯތަކެތި ވިއްކާ "ބާބާ ގާޑިއާ" އަކީ ސްޓްރީޓް ފުޑް ނުވަތަ މަގުމަތީގައި ތައްޔާރުކޮށްގެން އަވަހަށް ވިއްކާ ކާބޯތަކެއްޗަށް ވަރަށް މަޝްހޫރު ތަނެކެވެ. ހާއްސަކޮށް ބާބަކިއު ކޮށްފައި ހުންނަ ކާތަކެއްޗާއި، ތަފާތު އެކި ކަހަލަ ލުއިކާނާ (ސްނެކްސް) މިތަނުން ލިބެން ހުރެ އެވެ. އަމީތު އުފެއްދި މި ބްރޭންޑުގެ އުފެއްދުންތަކީ ފުވައްމުލަކުގެ ރައްޔިތުންގެ އިތުރުން އެރަށަށް ޒިޔާރަތްކުރާ މީހުންނާއި ފަތުރުވެރިންގެ މެދުގައިވެސް މިއީ ކެއުމަށް ވަރަށް މަޤްބޫލު މަންޒިލެކެވެ. 

މި ކާމިޔާބީއާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް" ގެ ފުޑް އެންޑް ބެވަރޭޖެސް (ކާބޯތަކެތީގެ) ކެޓަގަރީއަށް ވެސް ބާބާ ގާޑިއާ މީގެ ކުރިން ނޮމިނޭޓްވެސް ވެފައިވެ އެވެ. އަދި މާލެ އާއި އައްޑޫގައި އޮތް ފެއާއަކަށްވެސް މި ގާޑިއާ ގެންގޮސްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.