މާލެ ބަނދަރުގައި މިހާރު އޮތް ކްރޫޒްލައިނާއަކީ ޖުމްލަ 2،000 މީހުންނަށް ހިދުމަތް ދެވޭ އުޅަނދެކެވެ، މި އުޅަނދު ރާއްޖެއަށް ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނު އެވެ.

އިންޑިއާ ކުންފުންޏަކުން ހިންގާ ކޯޑީލިއާ ކްރޫޒް 2،000 ޓޫރިސްޓުންނާއެކު ރާއްޖެއަށް ބަނދަރުކޮށްފި އެވެ.
މާލެ ބަނދަރުގައި މިހާރު އޮތް ކްރޫޒްލައިނާއަކީ ޖުމްލަ 2،000 މީހުންނަށް ހިދުމަތް ދެވޭ އުޅަނދެކެވެ، މި އުޅަނދު ރާއްޖެއަށް ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނު އެވެ.
ކޯޑީލިއާ ކްރޫޒް އަކީ އިންޑިއާގެ އެންމެ މަޝްހޫރު އަދި ހަމައެކަނި އޯޝަން ކްރޫޒްލައިނެވެ. މިއީ އިންޑިއާގެ އެކި ސަރަޙައްދުތަކަށާއި، ބައިނަލްއަޤްވާމީ މަންޒިލްތަކަށް ދަތުރުކުރާ ލަގްޒަރީ ކްރޫޒެކެވެ. މި ކްރޫޒްލައިންގައި މިހާރު މައިގަނޑު ދެ ބޯޓު އޮވެއެވެ. އެއީ 'ކޯޑީލިއާ އެމްޕްރެސް' އަދި އަލަށް ދަތުރުތައް ފެށި 'ކޯޑީލިއާ ސްކައި' އެވެ.
މި ކްރޫޒްލައިނާގެ މައިގަނޑު މަންޒިލްއަކީ ރާއްޖެ، ސްރީލަންކާ އަދި އިންޑިއާގެ ސިޓީތަކެވ. އިންޑިއާގެ ކޮޗިން އިން ފުރައިގެން ރާއްޖޭގެ މާލެ އަދި ސްރީލަންކާގެ ކޮލަމްބޯއަށް ކުރާ 5 ރޭގެ ދަތުރުތައް މި ކުންފުނިން ރާވަ އެވެ. މި ރޫޓުގެ ދަތުރުތަކުގައި މާލޭގައި އެއްގަމަށް ފައިބައިގެން ރާއްޖޭގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ލިބެއެވެ.
ކެއިންބުއިން - ޓިކެޓުގެ އަގުގެ ތެރޭގައި ފުޑް ކޯޓާއި ސްޓާލައިޓް ރެސްޓޯރެންޓުން ލިބޭ އިންޑިއަން، ކޮންޓިނެންޓަލް، އަދި އޭޝިއަން ކެއުންތައް ހިމެނެއެވެ. މީގެ އިތުރުން ވަކިން ފައިސާ ދައްކައިގެން ކެވޭ ސްޕެޝަލިޓީ ރެސްޓޯރެންޓްތައް (މިސާލަކަށް ޗޮޕްސްޓިކްސް) ވެސް ހުރެއެވެ.
މުނިފޫހިފިލުވުން - ބްރޯޑްވޭ ސްޓައިލްގެ ޝޯތަކާއި، ބޮލީވުޑް ޝޯތައް، ލައިވް މިއުޒިކް، ޑީޖޭ، މޫވީ ސްކްރީނިންގ އަދި ބޮޑެތި މީހުންނަށް ޚާއްޞަ ކެސީނޯއެއް ހުރެއެވެ.
ޙަރަކާތްތަކާއި ކުޅިވަރު - ސްވިމިން ޕޫލް، ޖެކޫޒީ، ސްޕާ، ޖިމް، ރޮކް ކްލައިމްބިންގ، އަދި ކުޑަކުދިންނަށް ޚާއްޞަ ކިޑްސް ޒޯން (އާކޭޑް) ހިމެނެއެވެ.
އާންމުގޮތެއްގައި ކްރޫޒްގެ ޓިކެޓުގެ އަގުގެ ތެރޭގައި ކޮޓަރި (އެކޮމޮޑޭޝަން) މައިގަނޑު ކެއުންތައް، ޖިމް އަދި ޕޫލް ބޭނުންކުރުން، އަދި ގިނަ މުނިފޫހިފިލުވުމުގެ ޝޯތައް ހިމެނެއެވެ.