އިފްސާ އެވޯޑްސް 2026 | އެލައިޑަށް ޝަރަފުވެރި ދެ އެވޯޑެއް

އެލައިޑް އިންޝުއަރެންސު އިސްލާމިކް ވިންޑޯ އެލައިޑް ތަކަފުލް އަށް "އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ" ގެ އެވޯޑް ލިބުނުއިރު، "ކަމަނަ ތަކަފުލް" އަށް ވަނީ "އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔަރ" ގެ އެވޯޑް ލިބިފަ އެވެ.

ދެކުނު އޭޝިއާގެ އިސްލާމިކް ފައިނޭންސް ފޯރަމް (އިފްސާ) ގެ 11 ވަނަ އެވޯޑްސް 2026 ގައި އެލައިޑް އިންޝުއަރެންސްއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެ އެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ މި އެވޯޑްތަކުގައި އެލައިޑް އިންޝުއަރެންސުގެ އިސްލާމިކް ވިންޑޯ އާއި އެލައިޑް ތަކަފުލް އަށް "އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ" ގެ އެވޯޑް ލިބުނުއިރު، "ކަމަނަ ތަކަފުލް" އަށް ވަނީ "އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔަރ" ގެ އެވޯޑް ލިބިފަ އެވެ.

މި އެވޯޑްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގަ އެވެ. 

ޔޫޓީއޯ އެޑިއުކޮންސަލްޓްގެ ފަރާތުން "ބިލްޑިންގ ލެގަސީސް" ގެ ޝިއާރުގެ ދަށުން އިންތިޒާމުކޮށްގެން ބޭއްވި މި ހަފްލާގައި މި ސަރަހައްދުގެ އިސްލާމިކް ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މި އެވޯޑްތަކަކީ 2025 ވަނަ އަހަރު ތަކަފުލްގެ ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށް އެލައިޑްގެ މެނޭޖްމަންޓުން ނިންމި މުހިންމު ނިންމުންތަކާއި ކުރި މަސައްކަތްތަކުގެ ނަތީޖާއެވެ. އޭގެ ތެރޭގައި ކޮންވެންޝަނަލް ލައިފް އިންޝުއަރެންސް ވިއްކުން ހުއްޓާލައި، އޭގެ ބަދަލުގައި "ފެމެލީ ތަކަފުލް" ތައާރަފުކުރުން ހިމެނެއެވެ. މީގެ އިތުރުން އައު ކަސްޓަމަރުންނަށް އެލައިޑް އެޕް މެދުވެރިކޮށް ހަމައެކަނި ތަކަފުލް ޕްރޮޑަކްޓްތައް ފެންނަ ގޮތަށް ބަދަލުގެނެސް، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ތަކަފުލް އަށް ދޭ އަހައްމިއްޔަތު ވަނީ އިތުރުކޮށްފައެވެ.

މި މަސައްކަތްތަކާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު މާކެޓިންގ އަދި އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން 2024 އިން 2025 އަށް ތަކަފުލް އިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެލައިޑް ތަކަފުލް އާއި ކަމަނަ ތަކަފުލްއަށް ލިބުނު މި ކާމިޔާބީތަކަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވައި، އާންމުންގެ މެދުގައި މިކަމަށް އޮތް ހޭލުންތެރިކަން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތައް ރަމްޒުކޮށްދޭ ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.