މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރާތީ އެމްޑީޕީން ކުއްލި މައްސަލައެއް

އެމްޑީޕީ މަޖިލީސް މެންބަރުގެ މި ކުއްލި މައްސަލައިގައި ބުނެފައިވާ ގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، މިއަހަރުގެ މިހާތަނަށް ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު--

ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް 4.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.   

އެމްޑީޕީ މަޖިލީސް މެންބަރުގެ މި ކުއްލި މައްސަލައިގައި ބުނެފައިވާ ގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، މިއަހަރުގެ މިހާތަނަށް ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. 

 ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން ސަރުކާރު ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ ޒިންމާއަކަށް ވާއިރު، ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަކީ ދިވެހި ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. 

މި މައްސަލާގައި މީގެ އިތުރުން، ސިއްހީ ދާއިރާއާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅިފައި ނުވާކަން މެންބަރު ފާހަގަކުރައްވާފައިވެ އެވެ. އަދި ޕޭ ހާމަނައިޒޭޝަނާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ނުލިބި، 16 ޖޫން 2025 ގައި މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާޢީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި އަދިވެސް ދިރާސާކުރަމުންދާކަން ފާހަގަކޮށްފައިވެ އެވެ.   

ތަކެތީގެ އަގުބޮޑުވެ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އުފުލިފައިވާ މިފަދަ ދަނޑިވަޅެއްގައި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި ހަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާއިރު މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ކޮމިޓީން ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށް މި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.