އައްޑޫ އެއާޕޯޓް ހިންގާ ކުންފުންޏަށް މިދިޔަ އަހަރު 68.7 މިލިއަން ރުފިޔާގެ ގެއްލުމެއް

އައްޑޫ އެއާޕޯޓް ހިންގާ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 94.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރު ލިބުނު 33 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަށް މިދިޔަ އަހަރު 68.7 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓުން ފާހަގަވެއްޖެ އެވެ.

އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި މިދިޔަ އަހަރުގެ އޮޑިޓުން އެނގޭ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވިނަމަވެސް އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އަހަރު ނިމުނުއިރު ވަނީ 68.7 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފަ އެވެ. މިއާއެކު މިހާތަނަށް ކުންފުންޏަށް ލިބިފައިވާ ޖުމްލަ ގެއްލުން ނުވަތަ އެކުމިލޭޓެޑް ލޮސް ވަނީ 817.4 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މި ގެއްލުމުގެ ސަބަބުން އެ ކުންފުނީގެ ކުންފުނީގެ ސާފު މުދަލުގެ އަގު ވަނީ މައިނަސް 58.2 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ.

އައްޑޫ އެއާޕޯޓް ހިންގާ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 94.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރު ލިބުނު 33 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ނަމަވެސް، ކުންފުނީގެ މާލީ ހާލަތު އޮތްގޮތުން، އަވަހަށް ދައްކަންޖެހޭ ދަރަނިތައް ކުންފުނީގައި ހުރި ފައިސާއާއި މުދަލަށްވުރެ 312.7 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. 

އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި މިކަމުގެ ސަބަބުން ކުންފުނީގެ ހިންގުން ކުރިއަށް ގެންދެވިދާނެކަމާމެދު ސުވާލު އުފެދޭ ހާލަތަކަށް ގޮސްފައިވީ ނަމަވެސް، ކުންފުނީގެ ހިއްސާދާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވާތީ މާލީ ބަޔާންތައް ތައްޔާރުކޮށްފައިވަނީ ކުންފުނި ހުއްޓާނުލައި ކުރިއަށްދާނެ ކަމަށް ބަލައިގެންނެވެ.

އޮޑިޓަ ޖެނެރަލްގެ ލަފާ

މުދަލުގެ އަގު ވަޒަންނުކުރުން - އެއާޕޯޓް ހިންގުމާ ގުޅޭ ހަރުމުދަލުގެ އަގު 449.6 މިލިއަން ރުފިޔާއަށް އަރާއިރު، ކުންފުންޏަށް ޖެހިޖެހިގެން ގެއްލުންވަމުންދާތީ އެ މުދަލުގެ އަގު ދަށްވެފައިވޭތޯ ބަލާފައި ނުވެއެވެ.

މުވައްޒަފުންގެ އިނާޔަތްތައް ނުހިމެނުން - ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ދޭންޖެހޭ ފައިސާގެ އިނާޔަތްތަކާ ގުޅޭ ހިސާބުތައް ބައިނަލްއަގުވާމީ މިންގަނޑު (IAS 19) އާ އެއްގޮތަށް މާލީ ބަޔާނުގައި ހިމަނާފައި ނުވެއެވެ. 

އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު -  2023 ވަނަ އަހަރު ސަރުކާރާއެކު ސޮއިކުރި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މުދާ ކެޕިޓަލް ވޯކް-އިން-ޕްރޮގްރެސްގެ ގޮތުގައި މާލީ ހިސާބުތަކުގައި ބަލައިގެންފައި ނުވެއެވެ. އަދި މި މަޝްރޫއުގެ މާލީ ކަންކަމާ ގުޅޭ އެކަށީގެންވާ މައުލޫމާތު ހާމަކޮށްފައި ނުވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.