އުފެއްދުންތެރިކަމުގެ މައުރަޒު ރައީސް ހުޅުއްވާ ދެއްވައިފި

މި މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4އިން ރޭގަނޑު 11އަށެވެ. މި އަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތެއް ރަޖިސްޓްރީ ކުރި އެވެ. މީގެ ތެރެއިން 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދުންތެރިކަމުގެ މައުރަޒުގެ ބައިވެރިއަކާ ބައްދަލު ކުރައްވަނީ -- ރައީސް އޮފީސް

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުނަރުތަކާއި އުފެއްދުންތެރިކަން ފެނިގެންދާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައި ދެއްވައިފި އެެވެ. 

ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނަ ކުލަގަދަ ރަސްމިއްޔާތެއްގައި ހުޅުވި މި މައުރަޒު އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެވެ. ނުވަ ދުވަހުގެ މި މައުރަޒަކީ ފާއިތުވި އަހަރާ އަޅާބަލާއިރު ބައިވެރިންނާއި އުފެއްދުންތައް ވަނީ އަދާޔާ ހިލާފަށް އިތުރުވެފަ އެވެ.

މި އަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތެއް ރަޖިސްޓްރީ ކުރި އެވެ. މީގެ ތެރެއިން 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިވެފަ އެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅާބަލާއިރު %83.5 ގެ ބޮޑު ކުރިއެރުމެކެވެ. ބައިވެރިންގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ކުންފުނިތައް ހިމެނެ އެވެ. އުފެއްދުންތައް ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިެނެ އެވެ. އެންމެ ގިނަ އުފެއްދުންތައް ބައިވެރިކޮށްފައިވަނީ ދިވެހިންގެ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި ދާއިރާއިން 1,695 އުފެއްދުމެއް ބައިވެރިކޮށްފައިވެ އެވެ. މީގެ އިތުރުން 920 އުފެއްދުމެއް ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިން ދާއިރާއިން ބައިވެރިކޮށްފައިވެ އެވެ. މީގެ އިތުރުން ވެސް އިޔާދަކުރަނިވި ހަކަތައާއި ފެޝަނާއި ކާބޯތަކެއްޗާއި އައިސީޓީ ފަދަ ދާއިރާތަކުން ގިނަ އުފެއްދުން ތަކެއް ބައިވެރިކޮށްފައިވެ އެވެ. 

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެކްޒިޝަންގެ ބައިވެރިއަކާ ބައްދަލު ކުރަނީ -- ރައީސް އޮފީސް

އުފެއްދުންތެރިކަމުގެ މައުރަޒުގައި ފެނިގެންދާ ހަތް ދާއިރާ

  •  ކޮމްޕެޓިޝަން ޑިސްޓްރިކްޓް - ވާދަކުރާ ތަކެތި ދައްކާލުމަށް ޚާއްޞަ
  •  ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް - އުފެއްދުންތެރި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ
  •  ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް - ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ޚާއްޞަ
  •  އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް - މުނިފޫހިފިލުމާއި ސަޤާފީ ޙަރަކާތްތަކަށް ޚާއްޞަ
  •  މާކެޓްޕްލޭސް ޑިސްޓްރިކްޓް - ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތަކެތި ވިއްކުމަށް ޚާއްޞަ
  •  ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް - ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަ
  •  އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް - ބައިނަލްއަޤްވާމީ ފަރާތްތަކުގެ ޚިދުމަތްތަކަށް ޚާއްޞަ

މި އަހަރުގެ މައުރަޒުގައި ހަތް ދާއިރާއެއް ހިމެނެ އެވެ. މީގެ ތެރެއިން މުޅިން އަލަށް ތައާރަފުކުރި "ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓް" އަކީ ރަށު ޓޫރިޒަމް ޕްރޮމޯޓް ކުރަން ހާއްސަ ބައެކެވެ. މި ޑިސްޓްރިކްޓުގައި 20 ފަރާތަކަށް ޖާގައެއް ހިމެނެ އެވެ. މި ބައިގައި ފުވައްމުލައް، ބ، ޅ، އއ، އަދި އދ އަތޮޅުން ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ މައުރަޒުގައިވެސް އެންމެ މޮޅު އުފެއްދުންތައް ބަލައި ވަނީ އެވޯޑް ދީފަ އެވެ. މިގޮތުން ޖުމްލަ 298 އެވޯޑެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން އެއް ވަނައަށް ހޮވުނު 116 ފަރާތާއި 2 ވަނައަށް ހޮވުނު 95 ފަރާތް އަދި ތިން ވަނައަށް ހޮވުނު 82 ފަރާތް ހިމެނޭހެން ޖުމްލަ 134 ބައިވެރިން ވަނީ ވަނަ ހޯދާފަ އެވެ. މީގެ އިތުރުން މުޅި މައުރަޒުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" ވެސް ވަނީ ދީފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު 76 އެވޯޑެއްވެސް ދީފައިވެ އެވެ.

މި މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4އިން ރޭގަނޑު 11އަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.