ލޮންޖީންސްގެ އެންމެ ފަހުގެ ކަލެކްޝަން ކަމަށްވާ ލޮންޖިންސް މާސްޓާ ކަލެކްޝަންގެ " އައިކަންސް އޮފް އެލެގަންސް" އަކީ މިހާރު އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލުވަމުންދާ އެއް ގަޑި އެވެ.

އަތުކުރީ ގަޑީގެ ބްރޭންޑްތަކުގެ ތެރެއިން "ލޮންޖީންސް" އަކީ ދުނިޔޭގެ ގިނަ ބަޔަކު ދަންނަ ނަމެކެވެ. ވަކިން ހާއްސަކޮށް "ވޮޗް ލަވާސް" ގެ މެދުގައި މިއީ އެންމެ މަގުބޫލު އެއް ބްރޭންޑް އެވެ. މިކަން ދުނިޔެއެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އޮތީ މިގޮތަށެވެ. ލޮންޖީންސްގެ އޮރިޖިނަލް ގަޑި ގެނެސް ދިވެހިންނަށް ފޯރުކޮށްދޭ ރީފްސައިޑަށް ގަޑި ހޯދަންދާ މީހުންނަށް ބަލައިލުމުން އެކަން ސާފުވެ އެވެ. ހާއްސަކޮށް މިއީ ޒުވާނުންގެ މެދުގައި މަގުބޫލު ގަޑިއެކެވެ.
ލޮންޖީންސްގެ އެންމެ ފަހުގެ ކަލެކްޝަން ކަމަށްވާ ލޮންޖިންސް މާސްޓާ ކަލެކްޝަންގެ "އައިކަންސް އޮފް އެލެގަންސް" އަކީ މިހާރު އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލުވަމުންދާ އެއް ގަޑި އެވެ. މި ގަޑި ރީތިވެ ގިނަ ބައެއްގެ ހިތް ދަމައިގަތުމުގައި ސަބަބުތައް ގިނަ އެވެ.
ލޮންޖީންސްގެ ފަރުމާތަކުން ޒަމާންވީ ފަންނުވެރިކަމާއި ރީތިކަން ފެނެ އެވެ. މި ގަޑީެ "މާސްޓަ ކަލެކްޝަން" ސީރީސް އިން އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ މުޅިން އައު ގަޑިތައް ހިމެނެ އެވެ. މިގޮތުން 20 އަހަރަށްވުރެ ކުރިން ތައާރަފުކުރި މި ކަލެކްޝަންގައި މިހާރު ތްރީ-ހޭންޑް މޮޑެލްތަކާއި މޫންފޭސް ކްރޮނޯގްރާފްގެ އިތުރުން މި ކަލެކްޝަންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މޮނޯޕުޝަރ ކްރޮނޯގްރާފެއް ވަނީ ހިމަނާފަ އެވެ.

ކްރޮނޯ މޮނޯޕުޝާ - އަލަށް ތައާރަފުކުރި 41 މިލިމީޓަރުގެ މި ގަޑީގައި ހިމެނެނީ މެޑިކަލް ދާއިރާގެ ތާރީޚާ ގުޅުވައިދޭ 'ޕަލްސޯމީޓަރ' ސްކޭލްއެކެވެ. މީގެ އެހީގައި ހިތުގެ ވިންދު ބަލައިލެވެއެވެ. ކްރޮނޯގްރާފްގެ ހުރިހާ ކަމެއް އެންމެ ފިތަކުން ކޮންޓްރޯލް ކުރެވޭއިރު، މީގައި ބޭނުންކޮށްފައިވަނީ 68 ގަޑިއިރުގެ ޕަވަރ ރިޒަރވްއެއް އެކުލެވޭ ލޮންޖީންސްގެ ޚާއްޞަ މެކޭނިކަލް މޫވްމަންޓެކެވެ
ކްރޮނޯ މޫންފޭސް - 41 މިލިމީޓަރުގެ މި ގަޑިއަކީ ހަނދުގެ ފޭސްތައް ދައްކުވައިދޭ ގަޑިއެކެވެ. ލޮންޖީންސްގެ ޒަމާންވީ ކްރޮނޯގްރާފް ފަންނުވެރިކަން ދައްކުވައިދޭ މި ގަޑީގައި 66 ގަޑިއިރުގެ ޕަވަރ ރިޒަރވްއެއް އެކުލެވޭ އޮޓޮމެޓިކް މޫވްމަންޓެއް (ހިމެނެއެވެ.
ތްރީ-ހޭންޑް މޮޑެލްތައް - 30، 34، 39 އަދި 41 މިލިމީޓަރުގެ ސައިޒުތަކުގައި ލިބެން ހުންނަ މި ގަޑިތަކަށް ވަނީ އައު ނޫކުލައިގެ ޑަޔަލްތަކާއި ޓޫ-ޓޯން ބްރޭސްލެޓްތައް އިތުރުކޮށްފައެވެ. ޑަޔަލްގެ ރީތިކަން އިތުރުކުރުމަށްޓަކައި ޑަޔަލް ފްލޭންޖް ނަގައި، ގަޑީގެ ކަނޑައިނެގުންތައް ވަނީ އިތުރަށް ފުރިހަމަކޮށްފަ އެވެ.

މި ގަަޑިތަކުގެ މަގުބޫލުކަން ހުރި މިންވަރުން މިއީ ދުނިޔޭގެ އެތައް މަޝްހޫރު ތަރިންނެއް ބްރޭންޑް އެމްބެސެޑަރުކަން ކުރަމުން ގެންދާ ގަޑިއަކަށް އެވެ. މި ކަލެކްޝަން ޕްރޮމޯޓްކުރަނީ "ދަ ހޯމް އޮފް އެލެގަންސް" ކެމްޕެއިންގެ ދަށުންނެވެ. މި ކެމްޕެއިންގައި ލޮންޖީންސްގެ އެމްބެސެޑަރުން ކަމަށްވާ ދުނިޔޭގެ މަޝްހޫރު ފިލްމީ ތަރިންނެއް ހިމެނެ އެވެ.

މި އައު ލޮންޖީންސް މާސްޓާ ކަލެކްޝަނަކީ އެ ކުންފުނީގެ 2005 ވަނަ އަހަރުގެ އަސްލު ފަރުމާތަކުގެ ރޫޙު ދަމަހައްޓައި، ޒަމާނީ ފަންނުވެރިކަމާއި އައު ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ފުރިހަމަކޮށްފައިވާ، ލޮންޖީންސްގެ ތާރީހާއި މުސްތަޤުބަލް ގުޅުވައިދޭ މުހިންމު ކަލެކްޝަނެކެވެ.
މި ގަޑިތައް ރީފްސައިޑުގެ ވެބްސައިޓުން ގަތުމުގެ ފުރުސަތު ވެސް އެބައޮތެވެ. އަދި އަމިއްލައަށް ހެޔޮވަރުކޮށްލާ ބަލައިލަން ބޭނުންނަމަ ރީފްސައިޑުގެ ޝޯރޫމުންވެސް ލިބެން ހުންނާނެ އެވެ.