ގޭންގް ރޭޕް މައްސަލައިގައި ހައްޔަރު ކުރި މީހުން ބަންދަށް، ވަނަވަރު އާންމުކޮށްފި

މި މައްސަލައާ ގުޅިގެން ނުވަ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ރޭ އެމީހުންގެ ބަންދު މުއްދަތު ޖަހާފައިވާއިރު، އެމީހުންގެ ވަނަވަރު މިއަދު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ގޭންގު ރޭޕް މައްސަލައިގައި ހައްޔަރުކުރި މީހުން --

ގުރޫޕަކުން އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ނުވަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިދިޔަ ބުދަ ދުވަހު ބުނެފައި ވަނީ އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، މިމަހުގެ 20 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަވެފައިވާ ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ. އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ދެން ޖިންސީ އަނިޔާ ލިބިފައި ވަނީ 18 އަހަރު ނުފެރޭ ދެ އަންހެން ކުދިންނަށެވެ.

މި މައްސަލައާ ގުޅިގެން ނުވަ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ރޭ އެމީހުންގެ ބަންދު މުއްދަތު ޖަހާފައިވާއިރު، އެމީހުންގެ ވަނަވަރު މިއަދު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެއީ؛

  • 1.މުހައްމަދު ސާލިޙު އަހުމަދު (26އ) - ފަސް ދުވަހަށް ބަންދު
  • 2.މުހައްމަދު މިޝަލް އަހުމަދު ޒުހައިރު (20އ) - ފަސް ދުވަހަށް ބަންދު
  • 3.ނަޖުމުﷲ ހަސަން (35އ) - ފަސް ދުވަހަށް ބަންދު
  • 4.އަހުމަދު ނޫހު ނިޔާޒު (20އ) - ފަސް ދުވަހަށް ބަންދު
  • 5.މުހައްމަދު މައިސަން ޝިޔާޒު (21އ) - 15 ދުވަހަށް ބަންދު
  • 6.އާޒިމް މުފީދު (24އ) - 15 ދުވަހަށް ބަންދު
  • 7.އަހުމަދު ސާނިޖު ސޯދިގު (32އ) - 30 ދުވަހަށް ބަންދު
  • 8.އަހުމަދު އިފްތިޝާމް ޒަރީރު (24އ) - 90 ދުވަހަށް ބަންދު
  • 9.ޢަލީ ހުޒާމް ސައީދު (31އ) - 90 ދުވަހަށް ބަންދު

މި މައްސަލަ ހިނގައިގެން އުޅެނީ ގދ. ތިނަދޫގަ އެވެ. މި މައްސަލައިގެ ތަހުގީގަށް، އެ ސިޓީގައި މާލޭގެ ހާއްސަ ފުލުހުންގެ ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.