ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ ޓީޗަރުން ހައްޔަރުކޮށްފި

ފުލުހުން މިއަދު ބުނީ ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ އިދާރާ -- ދަ މިރާ

އުތުރުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ މައްސަލައަކީ ސްކޫލު ޓީޗަރަކު އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު، 52 އަހަރުގެ ބިދޭސީ ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ހަމަ އެރަށުން، ސުކޫލު ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެން ޓީޗަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.