އެމްއެންޑީއެފުން ދެންމެ ބުނީ، އަލިފާނުގެ 90 ޕަސެންޓް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވިތާ ތިންގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރު، އަދިވެސް އަލިފާން އެއްކޮށް ކޮންޓްރޯލް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، ރަށު ތެރެއަށް ދުންގަނޑު ވަނީ ފެތުރިފަ އެވެ. އެތަނުގައި ރޯވިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 8:15 ހާއިރެވެ.
މި އަލިފާން ކޮންޓްރޯލް ކުރުމަށް އެއާޕޯޓުގެ ފަޔާ ފައިޓަރުންނާއި ނޮދަން އޭރިއާގެ ސިފައިން މިހާރު މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ، އަލިފާނުގެ 90 ޕަސެންޓް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި ކައިރީގައި ހުރި ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެގޮތުން މިހާތަނަށް އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕަކަށް ގެއްލުން ވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
އެ ސަރަހައްދުގައި ހުރި ގެތަކުން މިހާރު ވަނީ މީހުން ހުސްކޮށްފަ އެވެ.