ފުނަދޫ ޝެޑްގައި ރޯވުން | އާވިގަނޑުން ސަލާމަތްވާން ފުންމާލީ މޫދަށް

އެގޮތުން މިހާތަނަށް އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ނަމަވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

ފުނަދޫ ޝެޑްގައި ރޯވެ އަނދަނީ -- ޕޮލިސް ފޮޓޯ

ށ. ފުނަދޫ އަށް މިއަދު ހެނދުނަކީ ވެސް އާއްމު ދުވަސްތަކެކޭ އެއްގޮތަށް ރީތި ދުވަހެކެވެ. އެހެންވެ ބައެއް މީހުން ފަތިސް ނަމާދު ކޮށްލައިގެން ތިބީ ބަނދަރު މަތީގަ އެވެ. މިހެންތިއްބައި ކުއްލިއަކަށް އިވުނު އަޑާއެކު ގޮވައިގެން އެރީ ދުން ގަނޑެކެވެ. ރޯވީ އެ ރަށު ބަނދަރުމަތީގައި ހުރި އަމިއްލަ މީހެއްގެ ތެޔޮ ޝެޑެއްގަ އެވެ. 

"އަހަރެމެން ތިބީ ވެސް ވައި މަތީގަ. އެކަމަކު ވެސް އާވިގަނޑުގެ އަސަރު ކުރި. ވަރަށް އާވި ވަހެއް ހުރީ،" އެ ރަށުން ވާހަކަ ދެއްކި މީހުން ނަން ނުޖެހުމަށް އެދި ކިޔައިދިނެވެ. 

އެހެން މީހަކު ބުނި ގޮތުގައި އެ ޝެޑުގެ މަތީގައި ވެސް ތެޔޮ ތާނގިތަކެއް ހުރިއިރު، ބިމު އަޑީގައި ވެސް ތެޔޮ ހުންނާނެ އެވެ. އެހެންވެ އަލިފާން ކޮންޓްރޯލް ކުރުމަކީ ފަސޭހަކަމަށްވާނެ ކަމަށް ނުބެލެވެ އެވެ.

"މަށަށް ހީވަނީ މިއީ ފަސޭހަކަމަށް ނުވާނެހެން. އެންމެ ފުރަތަމަ ވަގުތުން ފެށިގެންވެސް ނިއްވުމުގެ މަސައްކަތް ފަށައިިފ. އަދި ހަމަ އެއްގޮތެއްވެސް ނުވޭ،" އެރަށު މީހަކު ކިޔައިދިނެވެ. 

އަލިފާނުގެ ހާދިސާގައި މީހަކަށް ގެއްލުންވީކަމެއް ނޭނގެ އެވެ. ނަމަވެސް ކައިރީގައި ހުރި ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

އެގޮތުން މިހާތަނަށް އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ނަމަވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

މި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، ރަށު ތެރެއަށް ދުންގަނޑު ވަނީ ފެތުރިފަ އެވެ. އެތަނުގައި ރޯވިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 8:15 ހާއިރެވެ. ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ސިފައިން މިހާރުދަނީ އެރަށަށް ދިއުމަށް ދަތުރު ކުރަމުންނެވެ. އަދި އެ ރަށު އެއާޕޯޓުގެ ފަޔަ ފައިޓާސް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.