އުފެއްދުންތެރިކަމުގެ މައުރަޒު | އެސްއޯއީ އެވޯޑް އެޗްޑީސީއަށް

މި އަހަރު ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 298 އެވޯޑެއް ވަނީ ދީފައެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުގެ އެއްވަނައަށް ހޮވުނު 116 ފަރާތާއި ދެވަނައަށް ހޮވުނު 95 ފަރާތާއި ތިންވަނައަށް ހޮވުނު 82 ފަރާތެއް ހިމެނެ އެވެ.

އެޗްޑީސީގެ ޑެޕިއުޓީ އެސިސްޓެންޓް ޑިރެކްޓަރު މަލްޝާ އެވޯޑާ ހަވާލު ވަނީ -- އެޗްޑީސީ

ރާއްޖޭގެ 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ސަރުކާރު ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިއްޖެ އެވެ. 

ބާސެލާސް ނަސަންދުރަ ހޮޓެލްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މި އެވޯޑާ އެޗްޑީސީގެ ފަރާތުން ހަވާލުވެޑައިގަތީ އެ ކުންފުނީގެ މާކެޓިން އެސިސްޓެންޓް ޑިރެކްޓަރު މަލްޝާ ޝަރީފު އެވެ. އެވޯޑް ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ. 

މި އަހަރު ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 298 އެވޯޑެއް ވަނީ ދީފައެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުގެ އެއްވަނައަށް ހޮވުނު 116 ފަރާތާއި ދެވަނައަށް ހޮވުނު 95 ފަރާތާއި ތިންވަނައަށް ހޮވުނު 82 ފަރާތެއް ހިމެނެ އެވެ. މީގެ އިތުރުން އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" އެވެ. އެކި ފަންތިތަކުން އެއް ބައިވެރިއަކަށް އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ލިބިފައިވާތީ، ޖުމްލަ ވަނަތައް ހާސިލް ކުރި ފަރާތްތަކުގެ އަދަދު 134 އަށް އަރަ އެވެ. މީގެ އިތުރުން ހާއްސަ އެވޯޑެއްގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކަށް 76 އެވޯޑެއް ދީފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.