މައުލޫމާތު ލިބޭ ގޮތުގައި އަލިފާން ރޯވެފައި ވަނީ އަމިއްލަ ފަރާތަކުން ހިންގާ ޕެޓްރޯލް ޝެޑެއްގަ އެވެ. އެތަނުގައި މިވަގުތު ހުރީ ކޮންޓްރޯލް ނުކުރެވޭ ވަރަށް އަލިފާން ރޯވެފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލިފާން ރޯވެފައި ވަނީ އަމިއްލަ ފަރާތަކުން ހިންގާ ޕެޓްރޯލް ޝެޑެއްގަ އެވެ. އެތަނުގައި މިވަގުތު ހުރީ ކޮންޓްރޯލް ނުކުރެވޭ ވަރަށް އަލިފާން ރޯވެފަ އެވެ.
އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ކޮންޓްރޯލް ކުރެވޭތޯ އެއާޕޯޓުގެ ފަޔާ ފައިޓަރުން މިވަގުތު މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ނޮދަން އޭރިއާގެ ސިފައިން މިހާރު އެރަށަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ.