ކުދި ވިޔަފާރިތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަން ޖެހޭ ރޭޓްމަތިކޮށް ޑިއުޓީ ކަނޑާލަނީ

ރައީސް ވިދާޅުވީ އިމްޕޯޓް ޑިއުޓީ އަންނަ އަހަރުން ފެށިގެން 5 އަހަރު ދުވަހަށް، އުފެއްދުންތައް ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ތައްޔާރުކުރަން އެތެރެކުރާ ރޯމެޓީރިއަލްސް ޑިއުޓީއެއް ނުނަގާނެ އެވެ.

ރައީސް ޑރ. މުއިއްޒު އެސްއެމްއީ އެވޯޑުގައި ވާހަކަ ދައްކަަވަނީ -- ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއަރުވަން އަޅާ ފިޔަވަޅެއްގެ ގޮތުން، ކުދި ވިޔަފާރިތަކަށް އެތެރެކުރާ ތަކެތިން ޑިއުޓީ އުނިކޮށް، ޖީއެސްޓީ ރަޖިސްޓްރީ ކުރަން ޖެހޭ ތްރެސްހޯލްޑް މަތި ކުރަން ނިންމައިފި އެވެ.

ސަރުކާރުން ދޭ ކުދިއަދި މެދުފަންތީގެ އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ތަކެތި އުފައްދަން އެތެރެކުރާ ސާމާނުން ކުރިއަށް އޮތް ފަސް އަހަރަށް އިމްޕޯޓް ޑިއުޓީ ކަނޑާލުމާއެކު، ޓެކްސް ދެއްކުމުގެ ނިޒާމުގެ ތެރެއިން އެފަދަ ވިޔަފާރިތަކަށް ލުއިފަސޭހަވާނެ މުހިންމު ނިންމުންތަކެއް ސަރުކާރުން ނިންމައިފިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، ރާއްޖޭގެ ޖީޑީޕީގައި އުފެއްދުންތެރިކަމުގެ ދާއިރާއިން ހިއްސާކުރާ މިންވަރު 15 އިންސައްތަ އަށް އިތުރުކުރުން ކަމަށެވެ.

މި އަމާޒަށް ވާސިލުވުމަށް، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީތަކަށް) ސަރުކާރުން ދޭން ނިންމާފައިވާ މައިގަނޑު ތިން ލުޔެއް ގެނެސް ދިނުމެވެ. 

އިމްޕޯޓް ޑިއުޓީ ކަނޑާލުން - 1 ޖަނަވަރީ 2027 އިން ފެށިގެން 5 އަހަރު ދުވަހަށް، އުފެއްދުންތައް ތައްޔާރުކުރަން އެތެރެކުރާ ރޯމެޓީރިއަލްސް އިން 0 އިންސައްތައިގައި ޑިއުޓީ ނެގުން.

ޓެކްސް އޮފްސެޓް ކުރުން -
ސަރުކާރަށް މަސައްކަތްކޮށްދީ ފައިސާ ނުލިބި ހުރިނަމަ، އެ ފައިސާއިން ޓެކްސް އާއި އަޅައިކިޔައި ކަނޑައިދޭ ގޮތަށް ހަމަޖެއްސުން.

ޓެކްސް ތްރެޝްހޯލްޑް މަތިކުރުން - ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭ މިންވަރު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަދަލުގެނައުން. މިހާރު 500،000ރ. އާ ހަމައަށް ވިޔަފާރި އަރާނަމަ ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަން ލާޒިމް ކުރޭ

މީގެ އިތުރުންވެސް، އެސްއެމްއީތަކަށް ލުއިދިނުމުގެ ގޮތުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް މިއަހަރުގެ ތެރޭގައި ވަޒީފާއާ ބެހޭ ޤާނޫނަށްވެސް ބަދަލު ގެންނަވާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.