މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި އަށް އިންޗިއާ ނުވަ އިންޗިއާ ދެމެދު ފެން ހުރުމުގެ ސަބަބުން އެތަނުގައި މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި އަށް އިންޗިއާ ނުވަ އިންޗިއާ ދެމެދު ފެން ހުރުމުގެ ސަބަބުން އެތަނުގައި މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށެވެ.
އެހެންވެ، މައްޔިތުން ވަޅުލުން މިހާރު މާލޭގެ އާސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.
ހުޅުމާލެ ސަހަރާގައި ފެންބޮޑުވެފައިވާއިރު، ވާތުވެދިޔަ ދެތިން ދުވަހު ގަދަ ވިއްސާރައިގެ ސަބަބުން މާލެ ސަރަހައްދުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.