ގޭންގް ރޭޕް މައްސަލައިގައި ނުވަ މީހަކު ހައްޔަރު ކޮށްފި

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަވެފައިވާ ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

ގުރޫޕަކުން އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ނުވަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިދިޔަ ބުދަ ދުވަހު ބުނެފައި ވަނީ އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، މިމަހުގެ 20 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަވެފައިވާ ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ. އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ދެން ޖިންސީ އަނިޔާ ލިބިފައި ވަނީ 18 އަހަރު ނުފެރޭ ދެ އަންހެން ކުދިންނަށެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ މި މައްސަލައިގެ ތުހުމަތުގައި ނުވަ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ހިނގައިގެން އުޅެނީ ގދ. ތިނަދޫގަ އެވެ. މި މައްސަލައިގެ ތަހުގީގަށް، އެ ސިޓީގައި މާލޭގެ ހާއްސަ ފުލުހުންގެ ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނެފައި ވަނީ މި މައްސަލަ ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ.

އަނިޔާ ލިބުނު ފަރާތްތަކުގެ މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން، މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ފުލުހުން އާންމެއް ނުކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.