އަންނަ އަހަރު ރާއްޖޭގައި ބޭރުގެ ސްޕޯޓްސް ފިޝިން ބޮޑު މުބާރާތެއް ބާއްވަނީ

މި މުބާރާތް ރާއްޖެ ގެންނަ ހަރިމް ގްރޫޕުގެ ސީއީއޯ ޖާސިމް ޖަނާހު ވިދާޅުވީ މިއީ މަސްވެރިކަމުގެ މުބާރާތްތަކުގެ "ފޯމިއުލާ ވަން" އަށް ވެގެންދާނެ ކަމަށެވެ.

ސްޕޯޓްސް ފިޝިންގައި ބަަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ ސްޕޯޓްސް ފިޝިން ބުކާ

ދުނިޔޭގެ ފެންވަރުގައި ސްޕޯޓްސް ފިޝިން މަންޒިލަކަށް ރާއްޖެ ހެދުމުގެ ގޮތުން، އަންނަ އަހަރު ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ބާއްވާނެކަން އިއުލާނުކޮށްފި އެވެ.

މި މުބާރާތް ރާއްޖެ ގެންނަ ހަރިމް ގްރޫޕުގެ ސީއީއޯ ޖާސިމް ޖަނާހު ވިދާޅުވީ މިއީ މަސްވެރިކަމުގެ މުބާރާތްތަކުގެ "ފޯމިއުލާ ވަން" އަށް ވެގެންދާނެ ކަމަށާއި ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި އެތައް ހާސް ބަޔަކު މި މުބާރާތުގައި ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ލޯކަލް އޮޕަރޭޓަރުންނަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަން އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.

މި މުބާރާތް ފުޅާކުރުމަށްޓަކައި ޔޫރަޕުގެ މަޝްހޫރު މުބާރާތެއް ކަމަށްވާ ހަންގޭރީގެ "އިންޓަނޭޝަނަލް ބަލަޓޮން ކާޕް ކަޕް" (އައިބީސީސީ) އާ ގުޅިގެން މަސައްކަތްތަކެއް ކުރާނެ އެވެ. އައިބީސީސީ އަކީ މަސްބޭނުމަށްފަހު ދޫކޮށްލުމުގެ (ކެޗް-އެންޑް-ރިލީޒް) އުސޫލުތައް ގެންގުޅޭ މުބާރާތަކަށް ވުމާއެކު، ރާއްޖޭގައި ވެސް މިފަދަ ތިމާވެއްޓާ ރައްޓެހި އުސޫލުތަކެއް ތަޢާރަފުކުރެވޭނެ އެވެ.

މި މުބާތާތާ ބެހޭ ގޮތުން ހަރިމް ގްރޫޕުގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި މި މުބާރާތުގެ އަމާޒަކީ ރާއްޖެއަކީ މަސްވެރިކަމުގެ "މޮނާކޯ" ކަމުގައި ހެދުމެވެ. އަދި ޔޫރަޕުގެ ގައުމުތަކަށް ފިނި މޫސުން އަންނަ ދުވަސްވަރު ރާއްޖޭގެ މޫސުން ރަނގަޅުވުމަކީ މިފަދަ މަސްވެރިކަމަށް ރާއްޖެ ފައްކާ ކުރެވޭނެ ސަބަބެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.