ރަސްމާލެ މައްސަލާގައި ފައިސަލް ނަސީމްގެ ރައްދު ނަޝީދުއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންޑޯޒް ކުރައްވާފައިވާ، ފައިސަލް ނަސީމް ވިދާޅުވީ ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅު ނޫންކަމަށާއި، ރާއްޖޭގެ ތަރައްގީގައި ބޭރުގެ އިންވެސްޓްމަންޓްތަކުގެ ހިއްސާ ބޮޑު ކަމަށެވެ.

ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް

އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލްޢައްބާރަށް ރައްދުދޭނަމަ ރާއްޖޭގެ އިންވެސްޓްމަންޓަށް ދަތިވެދާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައިސަލް ނަސީމް ރައްދު ދެއްވައިފި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންޑޯޒް ކުރައްވާފައިވާ، ފައިސަލް ނަސީމް ވިދާޅުވީ ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅު ނޫންކަމަށާއި، ރާއްޖޭގެ ތަރައްގީގައި ބޭރުގެ އިންވެސްޓްމަންޓްތަކުގެ ހިއްސާ ބޮޑު ކަމަށެވެ. 

ފައިސަލް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރަސްމާލެ މަޝްރޫއަކީ ގައުމަށް ފައިދާހުރި މަޝްރޫއެއް ނަމަ އޭގެ ޝަރުތުތަކާއި އެއްބަސްވުންތައް އަދި ދިގުމުއްދަތުގައި ނުކުމެދާނެ ނަތީޖާތައް ރައްޔިތުންނަށް ސިއްރުނުކޮށް ހާމަކުރަންޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އިގްތިސާދީ މަންފާއަކަށްވުރެ ރައްޔިތުންގެ ނިންމުމާއި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އިސްކަންދޭންޖެހޭނެކަން ފައިސަލް ފާހަގަކުރެއްވި އެވެ.

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސްއަށް ދޭން ނިންމި މައްސަލާގައި، އެ ކުންފުނީގެ ޗެއާމަނަށް ފުރައްސާރަކޮށް ވާހަކަނުދެއްކުމަށް އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ މެމްބަރުންނަށް ނުސީދާ އިންޒާރެއް ދެއްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.