މި ބިޔަ ޕްރޮޖެކްޓްގެ ބައެއް އުސްއަލިތަކުގެ ތެރޭގައި ދިގު މުއްދަތުގައި އެކު ޖުމްލަ 30 ބިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަޓް ރާއްޖެ އަންނައިރު ބޭރުގެ ސީދާ އިންވެސްޓްމަންޓްގެ ގޮތުގައި 18 ބިލިޔަން ޑޮލަރު ރާއްޖެ އަށް ވަންނާނެ އެވެ.

ރާއްޖޭގެ ޤުދުރަތީ ރީތިކަމަށް ނިސްބަތްކޮށް، މިއީ ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން މަޝްހޫރުވެ، ދުނިޔޭގެ އެންމެ މަތީ ފަންތީގެ އަގުބޮޑު އެތައް ރިސޯޓެއް ރާއްޖޭގައި ހިންގަމުންދާތާ ޒަމާންތަކެއް ފަހަނަޅާ ހިނގައްޖެ އެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދީ ލޭނާރަކީ މިހާރު ފަތުވެރިކަމަށް މިވަނީ ވެފައެވެ. އެހެނަސް ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތް ކިތަންމެ ހިތްގައިމު ކަމުގައި ވިޔަސް، ކުދިކުރި ރައްތަކުގައި ދިރިއުޅޭ، އާބާދީތަކަށް ބޭނުންވާ އެންމެހާ ކަންކަން، ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފޯރުކޮށް ދިނުމަކީ ސަރުކާރުތަކަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްގެ އިތުރަށް، ގައުމެއްގެ ނިސްބަތުން ސަރަހައްދީ ފެންވަރުގައި ތަރައްގީވެ ތަމައްދުނުކަން ޙާޞިލްކުރުމަށް ދިމާވެފައިވާ ނުހަނުބޮޑު ގޮންޖެހުމެއް ވެސް މެކެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ގައުމުގައިހުރި ހަރު މުދާތައް ރަހުނުކޮށް އެތައް ބިލިޔަން ޑޮލަރުން ނަގާފައވާ ދަރަނި އަދާނުކުރެވި ގައުމު ބަނގުރޫޓް ވެދާނެކަމަށް އެތެރެއާއި ބޭރުގެ ފަރާތްތަކުން ބުނަމުން ދަނިކޮށް، މިގައުމު ބިނާކޮށް އާރާސްތުކޮށް، 2040 ވަނައަހަރު އަންނަންވާއިރު، ދިވެހިރާއްޖެއަކީ 40 ބިލިޔަން އެމެރިކާ ޑޮލަރުގެ އިޤްތިޞާދެއް ލިބިގެންވާ ގައުމަކަށް ހެއްދެވުމަށް، ރައީސް ޑރ. މުޢިޒު ފެއްޓެވި ހަރުދާ މަސައްކަތާއެކު،ގައުމު ދަރާފައިވާ ދަރަނިން އެއް ބިލިޔަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އާދާކުރުމުގެ އިތުރަށް، ރަސްމާލޭގެ 20 ބިލިޔަން ޑޮލަރުގެ ޕްރޮޖެކްޓް ވެގެންދާނީ، ތަރައްގީގެ އެކި ރޮނގުތަކުން ކުރިއަރާ ތަމައްދުނު ވެފައިވާ ގައުމެއްގެ ގޮތުގައި، އަންނާންއޮތް ޖީލުތަކަށް މިގައުމު ވާޞިލުކޮށް ދިނުމަށް އެޅޭނެ އެންމެ ހަރުދަނާ ބިންގަލަށެވެ.
ރަސްމާލޭގައި އީގަލް ހިލްސްއިން ފަށާ ބިޔަ ޕްރޮޖެކްޓްގެ ބައެއް އުސްއަލިތަކުގެ ތެރޭގައި ދިގު މުއްދަތުގައި އެކު ޖުމްލަ 30 ބިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަޓް ރާއްޖެ އަންނައިރު ބޭރުގެ ސީދާ އިންވެސްޓްމަންޓްގެ ގޮތުގައި 18 ބިލިޔަން ޑޮލަރު ރާއްޖެއަށް ވަންނާނެ އެވެ. މީގެ ސަބަބުން މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުން ލިބޭ އާންދަނީއާއެކު ރަސްމާލެ ޕްރޮޖެކްޓގެ ކުރީކޮޅޮގައި 11 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާ ކުރެވެ އެވެ. މީގެ އިތުރިން، ރަސްމާލެ ޕްރޮޖެކްޓްގައި ރިއަލްއެސްޓޭޓްގެ އުސޫލުން ވިއްކާލެވޭ ކޮންމެ އެޕާޓްމަންޓެއްގެ އަގުގެ 10 އިންސައްތައާއި، ބިމުގެ ޕްރިމިއަމް ވެލިއުއާއި އެކު ގާތްގަނޑަކަށް 3.1 ބިލިޔަން ޑޮލަރުގެ ނަފާއެއް ފުރަތަމަ 10 އަހަރުތެރޭގައި ދައުލަތަށް ލިބިގެންދާނެއެވެ. މިހުރިހާ ފައިދާއެއް މިލިބެނީ، ދައުލަތުގެ ހަރުމުދަލެއް ރަހުނު ނޮކޮށް، ސޯވެރިން ގެރެންޓީއެއް، އަދި ޕޭބެކް ގެރެންޓީއެއް ނުދީ، ބޮޑު އިންޓަރެސްޓެއްގައި ލޯނެއް ނުނަގާ، އަދި ދައުލަތަށް ލިބެންޖެހޭ އެއްވެސް ޓެކްހެއް ޢަފޫކުރުމަކާއި ނުލައިކަން ފާނހަގަ ކޮށްލެވެ އެވެ. އަދި ރަސްމާލެ ތަރައްގީވުމުން ރާއްޖެއަށް ޒިޔާތަތްކުރާ ފަތުރުވެރިންގެ ޢަދަދުގެ ތެރެއަށް، އަހަރަކު 1 މިލިޔަން ފަތުރުވެރިން އިތުރުވެ، އަހަރެއްގެ ޓޫރިޒަމް ރެވެނިއުގެ ގޮތުގައި 2 ބިލިޔަން ޑޮލަރު އިތުރުވެގެން ދާނެއެވެ.
ރަސްމާލެ ޕްރޮޖެކްޓްގެ ސަބަބުން ހުޅުވޭ 54 ހާސް ވަޒީފާގެ ފުރުޞަތުގެ ތެރެއިން، ތަހުޒީބު މިސިޓީގައި 15 ހާސް ދާއިމީ ވަޒީފާގެ ފުރުސަތާއެކު، ވިޔަފާރީގެ އެތަކެއް ފުރުސަތުތަކެއް ހުޅުވިގެން ދާނެ އެވެ. މީގެ އިތުރުން ހަމައެކަނި ދިވެހީންނަށް ޚާއްސަކުރެވިގެން، 3 ބެޑްރޫމް 5000 އެޕާޓްމަންޓް ހުޅުމާޅޭގައި ތަރައްގީކުރެވިގެން ދާނީ، ދައުލަތުން އެއްވެސް ޚަރަދެއް، ރަހުނެއް، އިންޓަރެސްޓެއް، ގެރެންޓިއެއް ދިނުމަކާއި ނުލައި ސީދާ އިންވެސްޓަރ ފަނިށޭންސް މޮޑެލަށެވެ. މިއާއެކު، މި ފަސްހާސް އާއިލާގެ އާބާދީއަށް ބޭނުންވާނެ އެންމެހާ ކަންކަން ގާއިމު ކުރެވިގެން ދާނެއެވެ. މީގެތެރޭގައި ހޮސްޕިޓަލާއި، ސްކޫލާތަކާއި މިސްކިތްފަދަ އެންމެހާ ކަންކަން ގާއިމުކުރުމުގެ އިތުރަށް، ދިވެހި ކުދި ވިޔަފާރި ވެރިންނަށް ޚާއްސަ ކޮށްގެން 1500 ފިހާރަ، ހުޅުމާލެ ސަރައްދުގައި ބިނާނުރެވިގެން ދާނެއެވެ.
މި އިންވެސްޓްމަންޓް ދައުލަތުން ދައްކާ ހަލާސްކުރާނީ ރަސްމާލޭ ޕްރޮޖެކްޓްން ދައުލަށް ދައްކަންޖެހޭ ކުއްޔާއި ޓެކްހުގެ ތެރެއިން، ނިސްބަތުން އަހަރުން އަހަރަށް އުނިކުރަމުން ދާގޮތަށެވެ. އަދި މިތަނުން އެޕާޓްމަންޓް ގަންނަ ދިވެހިން، އެތަންތަނަށް ފައިސާދައްކާ ހަލާސްކުރާނީ ދިވެހި ރުފިޔާއިންކަމަށް ވަނީ ކަނޑައެޅިފަ އެވެ. އަދި، ރަސްމާލެ މަޝްރޫޢުގެ ތެރެއިން ކޮންސަލްޓެންސީއާއި އެކިކަހަލަ ޓެކްނިކަލް މަސައްކަތްތަކާއި ސަޕްލައި އަދި ލޮޖިސްޓިކް މަސައްކަތްތަކުގެ އިތުރުން، މެޓީރިއަލް ޕްރޮވައިޑް ކޮށްދިނުމައި ޢިމާރާތްކުރުމާއި އަދި ގުޅުންހުރި ޢަމަލީ އެތައް ކަމަކަށް، ދިވެހި ކުންފުނިތަކަށް ފުރުސަތު ދިނުމުގެ އިތުރަށް ޕްރޮޖެކްޓަށް ފައިނޭސްކޮށް ޕާޓްނަރޝިޕްގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ދިވެހި ކުންފުނިތަކަށް އޮންނާނެކަން މިހާރު ވެސް ވަނީ އިޢުލާނު ކޮށްފަ އެވެ.