ރައީސް ނަޝީދު ފާޑުވިދާޅުވިނަމަވެސް އިންޑިއާއިން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ. އަދި އެ ގައުމުގެ މީޑިއާއިންވެސް މި ދަތުރުފުޅަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެ އެވެ.

ޕާކިސްތާނާއި ރާއްޖެ އަސްކަރީ ގުޅުން އުފެއްދުމުން އިންޑިއާ ކަންބޮޑުވާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެކްސްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން މިދަނީ ގެއްލެމުންނެވެ.
"ވާދަވެރި ގައުމުތަކުގެ އެއްބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވައްދައިގެން ނުވާނެ. ޕާކިސްތާނާއެކު މިލިޓަރީ ގުޅުންތައް ފުޅާ ކުރުމަކީ އިންޑިއާއިން ކަންބޮޑުވާކަމެއް، ރާއްޖެއަށް ނުރައްކާވާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މީގެ ކުރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅު ފެއްޓެވުމުންވެސް ފާޑު ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދު ފާޑުވިދާޅުވިނަމަވެސް އިންޑިއާއިން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ. އަދި އެ ގައުމުގެ މީޑިއާއިންވެސް މި ދަތުރުފުޅަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެ އެވެ.