މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 455 އެމެރިކާ ޑޮލަރުންނެވެ. މިހާރު ޓިކެޓް ވިއްކަން ފަށާފައިވާއިރު، މި ފްލައިޓްތައް އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗު މާޗް މަހުގެ ނިޔަލަށެވެ.

އާމީނިއާގެ އެއާލައިނެއް ކަމަށްވާ 'ޝިރަކް އޭވިއާ' އިން އެ ގައުމުގެ ވެރިރަށް ޔެރެވަން އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
ވައިގެ ދަތުރުފަތުރުގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާއިން ބުނެފައިވާ ގޮތުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކަކީ މި ދެ މަންޒިލާ ދެމެދު ގަވާއިދުން ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. މި ދަތުރުތަކުގައި ޔެރެވަންގެ ޒްވާރްޓްނޮޓްސް އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާނެއެވެ. ބޯއިންގ 737-800 މަރުކާގެ ބޯޓެއްގައި ކުރާ މި ދަތުރުތައް އޮންނާނީ ހަފްތާއަކު އެއް ދުވަހު، ކޮންމެ ހޮނިހިރު ދުވަހަކުއެވެ.
އާންމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން، ޔެރެވަން އިން ފްލައިޓް ފުރާނީ އެ ގައުމުގެ ގަޑިން ފަތިހު 03:05 ގައެވެ. އަދި އޮމާންގެ މަސްކަޓްގައި ތެޔޮ އެޅުމަށް މަޑުކުރުމަށްފަހު، ރާއްޖެ އަށް އާދެވޭނީ މެންދުރު 12:10 ގައެވެ. ރާއްޖެ އިން ފުރާ ފްލައިޓް ފުރާނީ މެންދުރު 13:10 ގައެވެ. އަދި ޔެރެވަން އަށް ދެވޭނީ ރޭގަނޑު 20:15 ގައެވެ. މުޅި ދަތުރަށް ގާތްގަނޑަކަށް 8 ގަޑިއިރު ހޭދަވާނެ އެވެ.
މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 455 އެމެރިކާ ޑޮލަރުންނެވެ. މިހާރު ޓިކެޓް ވިއްކަން ފަށާފައިވާއިރު، މި ފްލައިޓްތައް އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗު މާޗް މަހުގެ ނިޔަލަށެވެ.
ރާއްޖެއަށް ފަށާ މި ދަތުރުތަކަކީ ޝިރަކް އޭވިއާގެ 2026/27 ފިނި މޫސުމުގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމުގެ ޕްލޭންގެ ދަށުން ފަށާ ދަތުރުތަކެކެވެ.