މި ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ބޭއްވެވިއިރު އިންޑިއާއިން ހަމަޖައްސާ ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވާ އާރްބީއައި އިން ވަނީ ހަމަޖައްސާ ދީފަ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ ގެ ގަވަރުނަރު އަހުމަދު މުނައްވަރު އިންޑިއާގެ ރިޒާވް ބޭންކް (އާރްބީއައި) ގެ ގަވަރުނަރު ސަންޖޭ މަލްހޯތުރާއާ ބައްދަލުކުރައްވައިފި އެވެ.
އާރްބީއައި އިން އިންތިޒާމުކޮށްގެން މަރުކަޒީ ބޭންކުތަކަށް އަމާޒުކޮށްގެން ބޭއްވި ބައިނަލްއަޤުވާމީ ސެމިނާ "ސަމްވާދު 2026" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ.
މި ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ބޭއްވެވިއިރު އިންޑިއާއިން ހަމަޖައްސާ ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވާ އާރްބީއައި އިން ވަނީ ހަމަޖައްސާ ދީފަ އެވެ. މި ބައްދަލުވުމައި އިންޑިއާގެ ޔޫޕީއައި އާއި ރާއްޖޭގެ 'ފަވަރަ' ގުޅާލުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައިވެ އެވެ.
އެމްއެމްއޭ އިން ބުނީ މީގެ އިތުރުން އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ޕާސަން-ޓު-މާޗަންޓް ކަނެކްޝަންއާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ. މި ހިދުމަތުގެ ސަބަބުން ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހި، ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ. މީގެ އިތުރުން ދެ ޤައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރުގެ އަރިހުގައި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސްގެ މެނޭޖިންގ ޑިރެކްޓަރު މަރްޔަމް ރަޝްފާ އާއި ލައިސަންސިން ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރ ޢަބްދުالله ނާސިފް ބައިވެރިވެވަޑައިގެންނެވި އެވެ.