ބޮޑު އާބާދީއާއެކު ހުޅުމާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ބޮޑުތަނުން މައްޗަށް

2006 ވަނަ އަހަރު ހުޅުމާލޭގައި އުފައްދާފައިވަނީ އެންމެ 4,106 (ހާސް ކިލޯވޮޓްއަވަރު) ކަރަންޓު ކަމަށްވިޔަސް، 2025 ވަނަ އަހަރު މި އަދަދު ވަނީ 437,344 އަށް އުފުލިފަ އެވެ.

ސްޓެލްކޯ އިން ގެނެސްފައިވާ ޖަނަރޭޓަރުތައް ހުޅުމާލެ އިންޖީނުގެ ކައިރީ މަގު މަތީގައި ބަހައްޓާފަ

މާލެ ސަރަހައްދުން ހުޅުމާލެ އަށް ބަދަލުވަމުންދާ ބޮޑު އާބާދީއާއެކު ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރާ މިންވަރު ބޮޑުތަނުން އުފުލިއްޖެ އެވެ. 

ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުޅުމާލޭގައި ކަރަންޓު އުފައްދާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ގޮތެވެ. 2006 ވަނަ އަހަރު ހުޅުމާލޭގައި އުފައްދާފައިވަނީ އެންމެ 4,106 (ހާސް ކިލޯވޮޓްއަވަރު) ކަރަންޓު ކަމަށްވިޔަސް، 2025 ވަނަ އަހަރު މި އަދަދު ވަނީ 437,344 އަށް އުފުލިފަ އެވެ. ހާއްސަކޮށް 2021 ވަނަ އަހަރު ހުޅުމާލޭގައި ކަރަންޓު އުފެއްދި މިންވަރު ވަނީ 117.1% އަށް އިތުރުވެފަ އެވެ. މިއީ ހިޔާފްލެޓުތަކަށް މީހުން ބަދަލުވާން ފެށި އަހަރެވެ.

މި ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2006 ވަނަ އަހަރު މާލޭގައި 142,430 (ހާސް ކިލޯވޮޓް އަވާ) ކަރަންޓު ބޭނުންކޮށްފައިވާއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 450,276 އަށް އިތުރުވެފަ އެވެ. މީގެ ތެރެއިން ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައިވަނީ ހަމައެކަނި 2020 ވަނަ އަހަރުއެވެ. އެއީ 2.0%ގެ ދަަށްވުމެކެވެ. 

މާލޭގައި ކަރަންޓު އުފެއްދި މިންވަރު 2019 ވަނަ އަހަރު 385,813 އަށް އެރުމަށްފަހު، 2020 އިން 2022 އަށް ވަނީ ދަށްވެ ފައެވެ. އަދި 2025 ވަނަ އަހަރު މާލޭގައި އުފައްދާފައިވަނީ 324,120 (ހާސް ކިލޯވޮޓްއަވަރު) ކަރަންޓެވެ. މީގެ އިތުރުން ވިލިމާލޭގެ ކަރަންޓު އުފެއްދުން ނިސްބަތުން އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، 2025 ވަނަ އަހަރު އެ ރަށުގައި އުފައްދާފައިވަނީ 16,378 (ހާސް ކިލޯވޮޓްއަވަރު) ކަރަންޓެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.